ހުޅުމާލޭގައި 114 ފްލެޓްގެ އިމާރާތެއް އެޅުމަށް ސާސޭ އަދި ގްލަޓް ޖޭވީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ބުނީ މެދު އަދި މަތީ ފަންތީގެ ގެދޮރުވެރި ކަމަށް ހާއްސަ މި މަޝްރޫއުތަކުގެ ދަށުން އަޅާ 114 ޔުނިޓަކީ ހުޅުމާލެ ޕްލޮޓް އެސް1-3 ގެ ލޮޓް 11445 ގައި އިމާރާތްކުރާ ޔުނިޓްތަކެއް ކަމަށެވެ.
މި ޕްރޮޖެކްޓަކީ ވީހާވެސް ކުޑަ އަގެއްގައި އާންމުންނަށް ހުޅުވައިލުމަށް އަގު ހިފަހައްޓާފައިވާ ޕްރޮޖެކްޓެކެވެ. އެގޮތުން 60 ޕަސެންޓް ޔުނިޓުތައް ވިއްކޭނެ އެންމެ ބޮޑު އަގަކީ އަކަފޫޓަކަށް 2185 ރުފިޔާ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ. ބާކީ 40 ޕަސެންޓް މާކެޓު އަގުތަކުގައި ވިއްކުމުގެ ފުރުސަތު ޑިވެލޮޕަރުންނަށް އޮންނާނެއެވެ.
މި ފްލެޓްތައް އެޅުމުގެ އެއްބަސް ވުމެއްގައި އެޗްޑީސީއާއި ސާސޭ އަދި ގްލަޓް ޖޭވީ ޕްރައިވެޓް ލިމިޓެޑާ ދެމެދު އިއްޔެ ވަނީ އެއްބަސް ވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ. ފްލެޓް އިމާރާތްކުރާ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސަވާދެވެ.
މި މަޝްރޫއަކީ ޑީޓެއިލް ޑްރޯވިން އެޕްރޫވަލް ނިމުމުން ތިން އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހޭގޮތަށް ހަވާލުކުރި މަޝްރޫއެކެވެ.

HDC has signed an agreement with SASe/Glut JV Pvt Ltd for the Development and Sale of Mixed-Use Residential Complexes in Plot S1-3 Hulhumalé. The agreement was signed by our Managing Director Mr. Suhail Ahmed and Managing Director of SASe/Glut JV Pvt Ltd Mr. Abdulla Sawad. pic.twitter.com/BfFuwjYUSv
— HDC (@hdcmaldives) July 8, 2021
މި ފްލެޓްތައް އެޅުމުގެ އެއްބަސް ވުމެއްގައި އެޗްޑީސީއާއި ސާސޭ އަދި ގްލަޓް ޖޭވީ ޕްރައިވެޓް ލިމިޓެޑާ ދެމެދު އިއްޔެ ވަނީ އެއްބަސް ވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ. ފްލެޓް އިމާރާތްކުރާ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސަވާދެވެ.
މި މަޝްރޫއަކީ ޑީޓެއިލް ޑްރޯވިން އެޕްރޫވަލް ނިމުމުން ތިން އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހޭގޮތަށް ހަވާލުކުރި މަޝްރޫއެކެވެ.
ކިޔުންތެރިންގެ ހިޔާލު