ރައްޔިތުންގެ މަޖިލީސް
ރައްޔިތުންގެ މަޖިލީސް
ނަފުރަތުގެ ކުށް ކަނޑައަޅާ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވަން އެމްޑީޕީން މިއަދު ނިންމައިފި އެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން މިއަދު ބޭއްވި ބައްދަލުވުމުގައި އެގޮތަށް ފާސްކޮށްފައިވަނީ، ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ބިލް އިސްލާޙު ކުރުމަށް އަނބުރާ ކޮމިޓީއަށް ފޮނުވުމަށް ހުށައެޅުއްވީ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤެވެ. އެބިލަށް ކޮމެޓީން ވަނީ މީގެކުރިންވެސް ބަދަލުތަކެއް ގެނެސްފައެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުން މި ނިންމުން ނިންމާފައިވާއިރު މިއަދުގެ މަޖިލީހުގެ ޖަލްސާއަށް އެ ބިލާމެދު ގޮތެއް ނިންމުމަށްވަނީ އެޖެންޑާ ކޮށްފައެވެ. އެހެންކަމުން ބެލެވެނީ ތަޅުމުގައި މިއަދު އެބިލް އަނބުރާ ކޮމިޓީއަށް ފޮނުވުމަށް ހުށައަޅައި އެގޮތަށް ފާސްކުރާނެ ކަމަށެވެ.

ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ އާއްމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާއި ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާއި ދެކޮޅު މީހަކު ކަމަށް ތުހުމަތުކޮށް ނުވަތަ އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާއި މެދު ނަފްރަތު އުފެއްދުމަކީ ނުވަތަ އާއްމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުމަކީ ކުށެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން