ދާންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޔައުގޫބު އަބްދުﷲ
ދާންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޔައުގޫބު އަބްދުﷲ
ނަފްރަތުގެ ކުށްތައް ކަނޑައަޅައި، ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި ބިލަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ގެނައި ބައެއް އިސްލާހުތައް އުނިކުރަން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޔައުގޫބު އަބްދުﷲ ހުށަހަޅުއްވި އިސްލާހުތައް އަނބުރާ ގެންދަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އެ ބިލުގެ ރިޕޯޓު ޖުޑީޝަރީ ކޮމިޓީގެ މުގައްރިރު މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވުމުން، މަޖިލީހުގެ ރިޔާސަތުން މަޖިލީހުގެ ނާއިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބުދުﷲ ވިދާޅުވީ ޔައުގޫބު އެ ބިލަށް ހުށަހެޅުއްވި ހުރިހާ އިސްލާހެއް އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.

ޔައުޤޫބުގެ އިސްލާޙްތައް އަނބުރާ ގެންގޮސްފައިވާއިރު، މިއަދުގެ މަޖިލީހުގެ ޖަލްސާގައި އެ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވުމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ހުށައަޅުއްވައި، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަޙީދު ވަނީ ތާޢީދު ކުރަށްވާފައެވެ.

މަޖިލީހުގައި މިއަދު އަލީ އާޒިމް ވިދާޅުވީ އެމްޑީޕީއަކީ މަޝްވަރާގެ އުސޫލުން ކަންކުރާ ޕާޓީއެއްކަމަށާއި، މި އިސްލާހާއި މެދު ގިނަ ބައެއްގެ ނުތަނަވަސްކަން އޮތުމުން، އެ އިސްލާހު އަނބުރާ ކޮމިޓީއަށް ފޮނުވާލާ އިތުރަށް ދިރާސާ ކުރުމަށް ހުށަހަޅާކަމަށެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން މިއަދު ބޭއްވި ބައްދަލުވުމުގައި ފާސްކޮށްފައިވަނީ، އެބިލު އަނބުރާ ކޮމިޓީއަށް ފޮނުވުމަށެވެ. އެގޮތަށް ފާސްކުރީ، ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެބިލަށް ކޮމެޓީން ވަނީ މީގެކުރިންވެސް ބަދަލުތަކެއް ގެނެސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން