އެޗްއާރްސީއެމްއަށް އިތުރު 3 މެމްބަރުން އައްޔަން ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެޗްއާރްސީއެމްއަށް އިތުރު 3 މެމްބަރުން އައްޔަން ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރާއްޖޭގެ ހިއުމަސް ރައިޓްސް ކޮމިޝަނަށް މެމްބަރަކު އައްޔަން ކުރެއްވުމަށްޓަކައި ރައިސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންތައް އިތުރަށް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، މަޖިލީހަށް ފޮނުއްވި ނަންފުޅުތަކަކީ ހިއުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އެޗްއާރްސީއެމަށް މެމްބަރަކު އައްޔަން ކުރެއްވުމައްޓަކައި އިއުލާން ކުރެއްވުމުން އެކަމަށް އިޖާބަ ދެއްވި ބޭއްފުޅުންގެ ތެރެއިން އެމަނިކުފާނަށް ފެނިވަޑައިގެންނަވާ އެންމެ ޤާބިލް ފަރާތްތަކުގެ ނަންފުޅުތައް ކަމަށެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ މުޅިއެކު 14 ނަންފުޅެއް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައެވެ.

އެޗްއާރްސީއެމަށް އައްޔަން ކުރުމަށް ބޭފުޅަކު ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ނަންތައް ތިރީގައި އެވަނީއެވެ.

1. އަލްއުސްތާޛާ ސަމާއު އަޙުމަދު ނަޖީބް، އައްސޭރިގެ، ގދ. ތިނަދޫ

2. އަޙުމަދު އަމީޒު، ޖޭމުގަސްދޮށުގެ، ގދ. ހޯޑެއްދޫ

3. އަލްއުސްތާޛް މުޞްޠަފާ ޙަމީދު، ކަނީރުމާގެ، ރ. އަނގޮޅިތީމު

4. ޝަރުމީލާ ޢަބްދުލްޣަފޫރު، ދިލްކަޝްގެ، ޅ. ހިންނަވަރު

5. އަލްއުސްތާޛް އިބްރާހީމް ޙަމްޒާ ޚަލީލް، ގ.ސުރުމުތި

6. އަލްއުސްތާޛާ ފާޠިމަތު ސައުޝަން، މ. ވެންކޫވާ

7. އަލްއުސްތާޛް އަޙުމަދު ނަޝީދު ޙުސައިން، ދަފްތަރު ނަންބަރު ރސ. 1890

8. މުޙައްމަދު ސުނާދު އަޙުމަދު ލަޠީފު، މއ. އުރަދު

9. އަލްއުސްތާޛް ޝުކުރުﷲ ޝަކީލު، ސިޔާމާ މަންޒިލް، އއ. ފެރިދޫ

10، ޑޮކްޓަރ މުޙައްމަދު އިބްރާހީމް، ޖަވާހިރުއައްސޭރި، އދ. މާމިގިލި

11. ޙަސަން ރަޝީދު ފްލާވަރގެ، ސ. މަރަދޫ

12. މަރިޔަމް ސަޢީދާ އިބްރާހީމް، މ. ކޮކާހަނދުވަރުގެ

13. ޑޮކްޓަރ ޢާއިޝަތު އިކްރާމް، މ. ކާނިމާގެ

14. އިބްރާހީމް ޠައްޔިބު، ކުއްޅަވައްގެ، ސ. ހުޅުދޫ

ސިޓީގައި ބަޔާން ކުރައްވާފައިވާ މި ނަންތަކުގެ ތެރެއިން އެޗްއާރްސީއެމަށް އައްޔަން ކުރެވޭ ބޭފުޅެއްގެ ނަން ފާސްކޮށް އަންގަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގައި އެދިވަޑައިގެންފައި ވެއެވެ.

ކޮމިޓީ މަރުހަލާގައި ރައީސް ހުށައެޅުއްވި ބޭފުޅުންނާއި އިންޓަރވިއުކޮށް އެބޭފުޅުންގެ ތަޢުލީމާ ފަންނީ ގާބިލުކަމާއި ތަޖުރިބާގެ ވަނަވަރު ދިރާސާކޮށް، ކޮމިޓީން މާކްސް ދިނުމަށްފަހު ކޮމިޝަނަށް ކަނޑައަޅާ ބޭފުޅެއްގެ ނަން ފާސްކުރާނީ މުޅި މަޖިލީހުގެ ޖަލްސާއަށް ހުށައަޅައި ވޯޓަށް އަހައިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން