ކޮވިޑާ ގުޅިގެން އެނދުމަތިކޮށް ދެވޭ ފަރުވާއަށް ފައިސާ ދައްކަން ނުޖެހޭނެ ކަމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުން މިއަދު ބުނެފިއެވެ.
އައިޖީއެމްއެޗުން މިގޮތަށް ބުނެފައިވަނީ، ކޮވިޑާއި ގުޅިގެން އެނދުމަތިކުރެވިފައިވާ ބިދޭސީއެއްގެ ބިލަށް އެރި ފައިސާ މާފުކޮށްދީފައިވާކަމަށް މީސް މީޑިއާގައި ދެކެވެމުންދާ ވާހަކައާއި ގުޅިގެންނެވެ. ސަހާނާ ނަމަކަށް ކިޔާ މި ބިދޭސީ މީހާ ދިވެހި އާއިލާއަކާއެކު ދިރިއުޅެމުން އައީ އެ އާއިލާގެ މަންމަ ބެލެހެއްޓުމާ ހަވާލުވެގެންނެވެ. ސަހާނާއަށް ކޯވިޑް-19 ޖެހި އޭނާގެ ބަނޑުގައި އޮތް ދަރިފުޅު ވެސް ބަނޑަށް ހަތް މަހުގައި ވަނީ ނަގައިފައެވެ.
އެކަމާ ގުޅިގެން އައިޖީއެމްއެޗުން މިއަދު ބުނީ "ކޮވިޑް އާއި ގުޅިގެން އެނދުމަތިކޮށް ދެވޭ ފަރުވާތަކަށް ދިވެހިންނާއި ބިދޭސީންވެސް ފައިސާ ދައްކަން ނުޖެހޭނެ" ކަމަށެވެ.
ސަހާނާއާއި ދަރިފުޅުގެ ހާލު ގޯސްވެ އައިޖީއެމްއެޗްގައި އެނދުމަތިކޮށް ފަރުވާ ދީފައިވާއިރު، ސަހާނާގެ ދަރިފުޅުގެ ބިލަށް 90000 ރުފިޔާ އަދި ސަހާނާގެ ބިލަށް 194000 ރުފިޔާ އަރައިފައި ވެއެވެ. ނަމަވެސް އައިޖީއެމްއެޗުން އެބިލު އެއްކޮށް މައާފު ކޮށްދީފައިވާ ކަަމަށްބުނެ ބައެއް މީޑިއާތަކުން އިއްޔެ ވަނީ ރިޕޯޓް ކޮށްފައެވެ. އަދި އެބިލަށް ފައިސާ ދައްކަން ވެގެން ކަމަށް ބުނެ އޭނާ އުޅޭ ގޭގެވެރި ފަރާތުން ވަނީ މީސްމީޑިއާގައި ފައިސާ ހޯދުމަށް ކެމްޕޭނެއްވެސް ކޮށްފައެވެ.

ކޮވިޑް އާއި ގުޅިގެން އެނދުމަތިކުރެވިފައިވާ ބިދޭސީއެއްގެ ބިލަށް އެރި ފައިސާ މާފުކޮށްދީފައިވާކަމަށް މީސް މީޑިއާގައި ދެކެވެމުންދާ ވާހަކައާއި ގުޅިގެން ދަންނަވަން.
— IGMH (@igmhmv) July 9, 2021
ކޮވިޑް އާއި ގުޅިގެން އެނދުމަތިކޮށް ދެވޭ ފަރުވާތަކަށް ދިވެހިން އަދި ބިދޭސީން ފައިސާ ދައްކަން ނުޖެހޭނެވާހަކަ ދަންނަވަމެވެ.
ސަހާނާއާއި ދަރިފުޅުގެ ހާލު ގޯސްވެ އައިޖީއެމްއެޗްގައި އެނދުމަތިކޮށް ފަރުވާ ދީފައިވާއިރު، ސަހާނާގެ ދަރިފުޅުގެ ބިލަށް 90000 ރުފިޔާ އަދި ސަހާނާގެ ބިލަށް 194000 ރުފިޔާ އަރައިފައި ވެއެވެ. ނަމަވެސް އައިޖީއެމްއެޗުން އެބިލު އެއްކޮށް މައާފު ކޮށްދީފައިވާ ކަަމަށްބުނެ ބައެއް މީޑިއާތަކުން އިއްޔެ ވަނީ ރިޕޯޓް ކޮށްފައެވެ. އަދި އެބިލަށް ފައިސާ ދައްކަން ވެގެން ކަމަށް ބުނެ އޭނާ އުޅޭ ގޭގެވެރި ފަރާތުން ވަނީ މީސްމީޑިއާގައި ފައިސާ ހޯދުމަށް ކެމްޕޭނެއްވެސް ކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު