ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު
ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު
އިނގިރޭސިވިލާތުގެ ހިއުމަން ރައިޓްސް ޕްރަޔޯރިޓީ ލިސްޓުން ރާއްޖެ އުނިކޮށްފިއެވެ.

ރާއްޖެއިން އިނގިރޭސި ވިލާތަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ފަރަހަނާޒް ފައިސަލް ވިދާޅުވީ، ރާއްޖޭގައި އިންސާނީ ހައްގުތަކުގެ ހާލަތު ރަނގަޅުކޮށް، އިންސާނީ ހައްގުތައް ކުރިއަރުވަން ކުރަމުންދާ މަސައްކަތް އިނގިރޭސި ވިލާތުން ބަލައިގަނެ، އެގައުމުގެ ހިއުމަން ރައިޓްސް ޕްރަޔޯރިޓީ ލިސްޓުން ރާއްޖޭގެ ނަން އުނިކޮށްފައިވާ ކަމަށެވެ.

އިނގިރޭސި ވިލާތުގެ ހިއުމަން ރައިޓްސް އަދި ޑިމޮކްރަސީ ރިޕޯޓުގެ ހިއުމަން ރައިޓްސް ޕްރަޔޯރިޓީ ލިސްޓުން ރާއްޖެ އުނިކުރުމާއި ގުޅިގެން އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވެރޮން ރޮސްލާ ވެސް ވަނީ ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް މަރުޙަބާ ވިދާޅުވެ އެކަން ފާހަގަ ކުރަށްވާފައެވެ. ސަފީރު ވިދާޅުވީ ފާއިތުވި ދެއަހަރެއްހާ ދުވަހު އިންސާނީ ޙައްޤުތައް ކުރިއެރުވުމުގައި ރާއްޖެއިން ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، ހިއުމަން ރައިޓްސް ޕްރަޔޯރިޓީ ލިސްޓުން ރާއްޖެ އުނިކުރުމުގެ ސަބަބުން ރާއްޖެއާއި އިނގިރޭސި ވިލާތާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.



އިނގިރޭސި ވިލާތުން ހިއުމަން ރައިޓްސް ޕްރަޔޯރިޓީ ލިސްޓުން މި އަހަރު ރާއްޖެ އުނިކޮށްފައިވާއިރު މިއަހަރު އެލިސްޓަށް އަލަށް އިތުރުކޮށްފައި ވަނީ ބެލަރޫސް، މާލީ އަދި ނިކަރާގުއާއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން