ހިޔާ ފްލެޓްތައް
ހިޔާ ފްލެޓްތައް
ހިޔާ ޓަވަރުތަކުގެ ކޮންކްރީޓް މައްސަލައެއް ހުރިކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއް ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

ހިޔާ ޓަވަރުތައް ކޮންކްރީޓް ކުރުމުގައި މައްސަލަ ތަކެއް ހުރި ކަމަށް ބުނާ ވީޑިއޯތައް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެ ވީޑިއޯތަކުން ކޮންކްރީޓް ފިލްނުކޮށް ހުރިތަންތަން ފެނެއެވެ.

އެކަމާ ގުޅިގެން އެޗްޑީސީން ބުނީ ދައުރު ކުރަމުން ގެންދަނީ ރަނގަޅު ވީޑިއޯއެއް ނޫން ކަަމަށެވެ. އަދި އެއީ ހިޔާ ފްލެޓް ޓަވަރެއްގެ ގްރައުންޑް ފުލޯގައި ރޭންޕެއް ހެދުމަށް ޓަކައި ބޭރަށް ވާގޮތަށް ހުރި ކޮންކްރީޓު ޝީޓު ކޮޅެއް ކަނޑާލާފައިވާ ހިސާބުގައި ހުރި ތަންކޮޅެއް ކަމަށާއި، އެވީޑިއޯއިން ފެންނަނީ އެތަންކޮޅު ޒޫމްކޮށްގެން ނަގާފައިވާ ވީޑިއޯކޮޅެއް ކަމަށެވެ.

އެކަން މިހާރު ހައްލުކޮށްފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. ހިޔާ ފްލެޓްތައް ލިބޭ ފަރާތްތައް ކަނޑައަޅައި، އެ ފަރާތްތަކާއެކު އެގްރިމެންޓްތަކުގައި ސޮއިކުރުމުގެ މަސައްކަތް މިމަހުގެ 14 ވަނަ ދުވަހު ފެށުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން