ފޮޓޯ: ވަން އޮންލައިން، ރިސޯޓެއއްގެ މުވައްޒަފަކު ވެކްސިން ޖެހުމަށް ތައްޔާރުވަނީ
ފޮޓޯ: ވަން އޮންލައިން، ރިސޯޓެއއްގެ މުވައްޒަފަކު ވެކްސިން ޖެހުމަށް ތައްޔާރުވަނީ
ރިސޯޓު ތަކުގެ 97 އިންސައްތަ މުވައްޒަފުން ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީއިން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިހިނގާ ޖުލައި މަހުގެ 6 ވަނަ ދުވަހާ ހަމައަށް ރިސޯޓް ތަކުގައި މަސައްކަތް ކުރާ 97 އިންސައްތަ މުވައްޒަފުން ވަނީ ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައެވެ. އަދި ވެކްސިންގެ ދެވަނަ ޑޯޒް 72 އިންސައްތަ މުވައްޒަފުން ފުރިހަމަ ކޮށްފައިވާ ކަމަށް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައެވެ.

ރާއްޖޭގައި މިއަހަރު ފެށި ވެކްސިން ޖެހުމުގެ ޕްރޮގްރާމް ހަލުވިަމާއެކު ކުރިއަށް ދާއިރު، މި ޖުލައި މަހުގެ 7 ވަނަ ދުވަހު ސަރުކާރުން ވަނީ ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ބޮޑެތި ލުއިތަކެއް ދޭން ނިންމާފައެވެ. އެގޮތުން ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހަންޖެހޭ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް 14 ދުވަސް ހަމަކޮށްފައިވަ ފަރާތްތަކަށް ޕީސީއާރު ޓެސްޓު ހަދައި ނަތިޖާ ނެގެޓިވް ނަމަ އާންމުކޮށް ހުޅުވާލާފައިވާ ރާއްޖޭގެ ރަށްތަކަށް ކަރަންޓީނު ނުވެ ދަތުރު ކުރުމުގެ ހުއްދަ ސަރުކާރުން ވަނީ ދީފައެވެ. މި ހުއްދަ ދިން ނަމަވެސް ނެގެޓިވް ޕީސީއާރް ރިސަލްޓާއި އެކު ދަތުރުކުރަން ހުއްދަ ދީފައިވަނީ މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްތަކަށެވެ.

މިގޮތުން ރިސޯޓު މުވައްޒަފުންގެ ތެރެއިންވެސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަޮކޮށް 14 ދުވަސް ހަމަކޮށްފައިވާ ފަރާތްތަކަށް މި ލުއިތައް ލިބޭނެ ކަމަށާއި، މޮނިޓަރިންގެ ހާލަތުގައި ނެތް ކޮންމެ ރަށަކަށްވެސް ނެގެޓިވް ޕީސީއާރް ރިސަލްޓާއެކު ކަރަންޓީންވުމަކާ ނުލާ ދަތުރުކުރެވޭނެ ކަމަށް އެޗްޕީއޭގެ އާ އުސޫލުގައި ބުނެފައިވެއެވެ. ކޯވިޑް ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި އެޅި ހަރުކަށި ފިޔަވަޅު ތަކަށް ލިއިދޭން ނިންމައި ސަރުކާރުން މި އައި އުސޫލު އިއުލާން ކޮށްފައިވަނީ މިހިނގާ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ.

މީގެ އިތުރުން ވޯލްޑް ހެލްތު އޯގަނައިޒޭޝަނުން ބަލައިގަންނަ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ ފަތުރުވެރިންނަށް ވެސް ވަނީ ލުއިތަކެއް ދީފައެވެ. އޮގޮތުން ރާއްޖެ އައުމުގެ 96 ގަޑިއިރު ކުރިން ހަދާފައިވާ ނެގެޓިވް ޕީސީއާރް ނަތީޖާއާއެކު ރާއްޖެ އައިސް ކަރަންޓީން ވާން ޖެހޭނީ 7 ދުވަހެވެ. ކަރަންޓީނުގެ މުއްދަތަށް ފަހު ރިލީސް ސާމްޕަލް ނެގެޓިވް ނަމަ އިތުރު މުއްދަތަށް ކަރަންޓީން ވާކަށް ނުޖެހޭނެއެވެ.

ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުން ދަތުރުކުރުމުގައި ލުއިދޭން ނިންމާފައިވަނީ ފަހަކަށް އައިސް މާލެ ސަރަހައްދުގެ ކޮވިޑް ޕޮޒިޓިވިޓީ 5 އިންސައްތައަށް ތިރި ވުމާ ގުޅިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން