ޕީޕީއެމްގެ ސިޔާސީ ޙަރަކާތެއްގެ ތެރެއިން
ޕީޕީއެމްގެ ސިޔާސީ ޙަރަކާތެއްގެ ތެރެއިން
"މަވެސް ޕީޕީއެމް" ގެ ނަމުގައި މެންބަރުން އިތުރުކުރުމުގެ ޙަރަކާތެއް ޕީޕީއެމުން ފަށައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު ޕީޕީއެމްގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ "މަވެސް ޕީޕީއެމް" ގެ ނަމުގައި މިއަދު ފަށާ ކެމްޕޭނަކީ ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށް ފަށާ ކެމްޕޭނެއް ކަމަށެވެ. ޕީޕީއެމްގެ އަންހެނުންގެ ޙަރަކާތުން އިސްނަގައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިޙަރަކާތުގެ މަޤުސަދަކީ ދިހަހާސް މެންބަރުން އެ ޕާޓީއަށް އިތުރުކުރުން ކަމަށް ހީނާ ވިދާޅުވިއެވެ.

އަންނަ އޯގަސްޓް މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޙަރަކާތުގެ މަޤުސަދުތަކުގެ ތެރޭގައި، ޕާޓީގެ ސިޔާސީ ހަރަކާތްތައް އިތުރު ކުރުމާއި، އަދި ރައީސް ޔާމީން މިނިވަންކޮށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބު ކޮށްދިނުމަށް ކުރާ މަސައްކަތްތަކަށް އިތުރު ފޯރިޔަކާ ޖޯޝެއް ގެނައުން ހިމެނޭ ކަމަށް ހީނާ ވިދާޅުވި އެވެ.

ހީނާ މިއަދު ވިދާޅުވީ، މިޕްރޮގްރާމް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކުރިއަށް ގެންދާނެ ކަމަށާއި، އެގޮތުން މީހުން ދިރިއުޅޭ ހުރިހާ ގެތަކަށް އެ ޕާޓީގެ އޮފިޝަލުން ޒިޔާރަތްކުރާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުން 30 ޖޫން 2021ގެ ނިޔަލަށް ޕީޕީއެމްގައި ތިބި މެންބަރުންގެ އަދަދަކީ 37093 އެވެ. އަދި ޕީއެންސީގައި ތިބީ 3975 މެންބަރުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން