އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔާރޑް ޑރ. ޢަބްދުﷲ ފައިރޫޝް
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔާރޑް ޑރ. ޢަބްދުﷲ ފައިރޫޝް
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޙަމަލާއާއި ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވީގޮތް ބެލުމަށް މަޖިލީހުގެ 241 ކޮމިޓީން އެކުލަވާލައި ޢާއްމުކޮށްފައިވާ އިންކުއަރީ ރިޕޯޓްގެ ސަބަބުން ތަހުގީގަށް އެޅޭނެ ހުރަހެއް ނުފެންނަ ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔާރޑް ޑރ. ޢަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި، އެ މަނިކުފާނުގެ ސެކިއުރިޓީ ބްރީޗުވި ގޮތް ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ (241 ކޮމިޓި) އިން ހެދި އިންކުއަރީ ރިޕޯޓް އާންމުކުރީ ބުރާސްފަތި ދުވަހުއެވެ. މަޖިލީހުގެ އިދާރާއިން އެ ރިޕޯޓް މަޖިލީހުގެ ވެބްސައިޓްގައި އާންމުކުރީ ރިޕޯޓްގައި ހިމެނޭ ގައުމީ ސަލާމަތާ ގުޅުން ހުރި ސިއްރު މައުލޫމާތުތައް އުނިކުރުމަށް ފަހުއެވެ. ނަމަވެސް އޭގެ ފަހުން، ގައުމީ ސަލާމަތާ ގުޅުންހުރި ސިއްރު މައުލޫމާތުތައް ހިމެނޭ ގޮތަށް އޮތް ރިޕޯޓް ވެސް މީސް މީޑިއާއަށް ވަނީ ލީކު ވެފައެވެ.

ލީކުވެފައިވާ މަޢުލޫމާތުތަކާ ގުޅިގެން ފުލުހުންގެ ތަހުގީގަށް ހުރަސް އެޅޭނެ ކަމަށާއި، ޤައުމީ ސަލާމަތަށް ނުރައްކާވާނެ ކަމަށް ބައެއް ސިޔާސީ ފަރާތްތަކާއި، ސަލާމަތީ ޚިދުމަތްތަކުގައި މީގެ ކުރިން ޚިދުމަތްކުރެއްވި ބޭބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.

އެކަމާ ގުޅޭ ގޮތުން ޑރ. ފައިރޫޝް ވިދާޅުވީ މަޖިލީހުގެ 241 ކޮމިޓީގެ ރިޕޯޓް އެ ގޮތަށް އާންމު ކުރުމުގެ ސަބަބުން ފުލުހުންގެ ތަހުގީގަށް އެޅޭނެ ހުރަހެެއް ނުވަތަ ލިބޭނެ ގެއްލުމެއް އޮތް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި ގައުމީ ސަލާމަތުގެ ނަމުގައި އަސްކަރިއްޔާއާ ގުޅޭ ހުރިހާ ކަމެއް ވެސް ފޮރުވުމުގެ ސަގާފަތެއް ރާއްޖޭގައި އަށަގަނެފައިވާ ކަމަށް ވެސް ފައިރޫޝް ވިދާޅުވިއެވެ. މިސާލެއްގެ ގޮތުގައި އަސްކަރިއްޔާގެ ބައެއް ގަވާއިދުތައް ވެސް ސިއްރުކޮށްފައިވާކަން ފައިރޫޝް ފާހަގަކުރެއްވިއެވެ.



ރައީސް ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި އިރު އެކަމުގައި އިހުމާލުވެފައިވާ ފަރާތްތަކަށް ފިޔަވަޅު އަޅަން 241 ކޮމިޓީގެ ރިޕޯޓްގައި ވަނީ ލަފާ ދީފައެވެ. އިންކުއަރީ ރިޕޯޓްގައި ހުރި ސިއްރު މައުލޫމާތުތައް ލީކުވި މައްސަލައިގައި އެކޮމެޓީގެ ބަހެއް އަދި ނުލިބެއެވެ. މަޖިލީހުން މި ރިޕޯޓް އެކުލަވާލި ގޮތަށް ފުރިހަމަ ރިޕޯޓް ހިއްސާ ކޮށްފައިވަނީ ދައުލަތުގެ ތިންބާރުގެ ވެރިންނަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން