ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ އާއި އައްބާސް ފާއިޒް
ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ އާއި އައްބާސް ފާއިޒް
ރައްޔިތުންގެ މަޖިލީހުގެެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ތަހުގީގު ކުރިއަށްދާގޮތް ގާތުން ބެލުމަށްޓަކައި ސަރުކާރުން އައްޔަން ކުރެއްވި ޚާއްސަ މަންދޫބު އައްބާސް ފާއިޒް ޑިފެންސް މިނިސްޓަރ އަލްއުސްތާޒާ މާރިއާ އަހުމަދު ދީދީއާ ބައްދަލު ކުރައްވައިފިއެވެ.

އައްބާސް ފާއިޒް މީގެ ކުރިން ވަނީ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ އާއި، އެމްޑީޕީގެ "މެއި 6" ކޮމިޓީ އާއި ބައްދަލުކުރަށްވާފައެވެ. އައްބާސް އާއި، މިނިސްޓަރ މާރިޔާގެ ބައްދަލުވުމުގެ އިތުރު ތަފްސީލެއް އެމްއެންޑީއެފް އިން ހާމައެއް ނުކުރެއެވެ.



އައްބާސް ފާއިޒް ރާއްޖެ ވަޑައިގަތީ ޖުލައިމަހުގެ 2 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބުގެ ހައިސިއްޔަތުން މޭ 6 ގެ ޙަމަލާޔާގުޅޭ އެންމެހައި ތަޙުޤީޤެއްގައި ޕްރޮސެކިއުޓަރ ޖެނެރަލް ކަނޑައަޅުއްވާ ޙުދޫދުގެ ތެރެއިން އައްބާސް ފާއިޒް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި، އިންސާފު ޤާއިމުކުރެވެންދެން ބޭނުންވާ ޙާލަތްތަކުގައި ކަމާގުޅޭ ލަފަޔާއި އިރުޝާދު ދެއްވައި، ތައްޔާރުކުރައްވަން ޖެހިވަޑައިގަންނަވާ އެންމެހާ ރިޕޯޓެއް ވެސް ތައްޔާރުކުރައްވާނެކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ގޮތުން އައްބާސް ފާއިޒް ޢައްޔަނުކުރައްވާފައި ވަނީ މޭ މަހުގެ 19 ވަނަ ދުވަހުގައެވެ.

ބައެއް ފަރާތްތަކުން ސިފަކުރާ ގޮތުގައި ފާއިޒަކި އޭނާ މަގާމުގައި ހުންނެވިއިރު ވަކިބަޔަކަށް ފަހިވާ ގޮތަށް ރާއްޖޭގެ މައްސަލަ ތަކުގައި ސިޔާސީ ބަޔާންތައް ނެރުއްވާފައިވާ ބޭފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން