މާލޭގެ މޭޔަރ ޑރ. މުއިއްޒު (ކ) އާއި ރީކޯ މޫސާ މަނިކު (ވ)
މާލޭގެ މޭޔަރ ޑރ. މުއިއްޒު (ކ) އާއި ރީކޯ މޫސާ މަނިކު (ވ)
ބޯހިޔާވަހިކަމޭ ކިޔައިގެން ސިޔާސީގޮތުން ކަންކަން ގަޑުބަޑުކުރާން ނޫޅުމަށް މާލޭގެ މޭޔަރު ޑރ. މުޢިއްޒަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ގޮވާލައްވައިފިއެވެ.

ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކުގެ ހައްގުތައް ހޯދުމަށް ވަކާލާތުކޮށް، އަޑުއުފުލާ "ހިޔާ ޔޫނިއަން"ގެ އާދޭސްތަކަށް އިޖާބަ ދިނުމަށް، ސަރުކާރަށާއި ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް، މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގޮވާލައްވާފައެވެ. ކުރީގެ ހައުސިންގ މިނިސްޓަރ އަދި މާލެ ސިޓީގެ މިހާރުގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހިޔާ ޔޫނިއަންގެ އާދޭސް އަޑުއެހުމަކީ ސަރުކާރާއި އެޗް.ޑީ.ސީން ކުރަން ޖެހޭނެކަމެއްކަމަށެވެ. އަދި ބޯހިޔާވަހިކަމުގެ މައްސަލައިގައި ސިޔާސީ ފިކުރު އެއްކިބާ ކުރަންޖެހޭނެކަމަށާއި ރައްޔިތުންގެ އަޑު އަހަންޖެހޭނެކަމަށް މޭޔަރ ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ޑރ. މުޢިއްޒަށް ރައްދު ދެއްވަމުން ރީކޯ މޫސަ ވަނީ، ބޯހިޔާވަހިކަމޭ ކިޔައިގެން ސިޔާސީގޮތުން ކަންކަން ގަޑުބަޑުކުރާން ނޫޅެ ރައްޔިތުންގެ އަޑުއެއްސެވުމަށް މުޢިއްޒުގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި މިހާރުގެ މޭޔަރ ޑރ. މުޢިއްޒު، ކުރީގެ މޭޔަރ ސިފާއެކޭ ތަފާތެއް ނެތް ކަމަށްވެސް މޫސަ ވިދާޅުވިއެވެ.

"ޕާޓީއަކުން ހޮވުނަސް ރައްޔިތުންގެ ތެރޭގަ ތިބޭނެ ތަފާތުމީހުން. ކައުންސިލްތަކަކީ ރައްޔިތުންގެ ކަންކަމަށް ހޮވާ އިދާރީ ބައެއް." ރައީސް ޞާލިޙަށް ވަރަށް ބޮޑަށް ތާއީދުކުރަށްވާ އެކި މުނާސަބަތުގައި ބަސްވިދާޅުވަމުން ގެންދަވާ ރީކޯ މޫސަ ވިދާޅުވެފައިވެއެވެ.



"ހިޔާ ޔޫނިއަން"ގެ އާދޭސްތަކަށް އިޖާބަ ދިނުމަށް، މޭޔަރ މުއިއްޒު ސަރުކާރަށް ގޮވާލެއްވިއިރު، ހިޔާ ޔޫނިއަންގެ އެންމެބޮޑު އާދޭހަކީ އެތަނުގެ ކުއްޔާއި އަގު ކުޑަކުރުމެވެ. ހިޔާ ފްލެޓްތަކަށް ސަރުކާރުން ކަނޑައަޅާފައިވާ އަގަކީ މަހަކަށް 8500 ރުފިޔާއެވެ.

މާލޭ ސިޓީގެ މޭޔަރ މުއިއްޒު ވިދާޅުވީ ސަރުކާރުން ކަނޑައަޅާފައިވަނީ ރަނގަޅު އަގެއް ނޫންކަމަށެވެ. އަދި ފްލެޓްތަކުގެ ކުލި 5600 ރުފިޔާއަށް ކުޑަކުރެވޭނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހިޔާ ކޮމިއުނިޓީން ވަނީ މިހިނގާ ޖުލައި 9 ވަނަ ދުވަހުގެ މެންދުރުފަހު ދެގަޑި ސުންމިނެޓްގައި "އެންމެ ފަހުގެ އާދޭސް" ގެ ނަމުގައި ހިމޭން އިހްތިޖާޖެއް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


-3

އިބްރާ

16-Jul-2021

މޫސަ މަހައްދޭބަލަ. މޫސަ އަކީ ޑރ އަފްރާޝީމް އަވަހާރަކޮށްލުމުގެ ފިތުނައިގައި ބައިވެރިވެފައިވާމީހެއްކަމަށް ޝައްކުކުރެވޭ މީހެއް. އެދުވަސްވަރު މަޖިލީހުގައި ޑރ އަފްރާޝީމަށް އެންމެ އެތިވަރުގޮވި އެމްޑީޕީ އެއްމެމްބަރު މޫސާމަނިކަކީ,



ޓްރެންޑިން