ކޯވިޑްގައި ނިޔާވި މީހެއްގެ ޖަނާޒާ
ކޯވިޑްގައި ނިޔާވި މީހެއްގެ ޖަނާޒާ
ށ. ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހަކު ނިޔާވެ ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ ޢަދަދު 214 އަށް އަރައިފިއެވެ.

މިއީ ރާއްޖެއިން ކޯވިޑްގައި މީހަކު މަރުނުވާތާ 10 ދުވަހަށް ރާއްޖެއިން ނިޔާވި ފުރަތަމަ މީހާއެވެ.

އެޗްޕީއޭއިން ބުނީ އުމުރުން 59 އަހަރުގެ އެ އަންހެން މީހާ މަރުވެފައި ވަނީ ރޭ މެންދަމުން އަލިވެ 3:05 ގައި ށ. ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން އަންނަނިކޮށް ކަމަށެވެ.

މި މީހާގެ މަރާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 214 އަށް އަރާފަ އެވެ. ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 196 ދިވެހިންނާ 18 ބިދޭސީންނެވެ.



މިއަހަރުގެ މެއި މަހަކީ ރާއްޖޭގައި ކޯވިޑް ފެތުރެން ފެށިފަހުން އެއްމަހެއްގައި އެންމެ ގިނަ މީހުން ނިޔާވި މަހެވެ. މެއި މަހު ޖުމްލަ 88 މީހުން ވަނީ ނިޔާވެފައެވެ. އަނެއްކޮޅުން މެއި މަހުގެ 24 ވަނަ ދުވަހަކީ ރާއްޖެއިން އެންމެ ގިނަ ބަޔަކު ކޯވިޑްގައި ނިޔާވި ދުވަހެވެ. އެދުވަހު ރާއްޖެއިން ވަނީ 13 މީހަކު ނިޔާވެފައެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު ނިޔާވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން