ފުވައްމުލަކު ހޮސްޕިޓަލް (ފޮޓޯ: ސޯޝަލް މީޑިއާ)
ފުވައްމުލަކު ހޮސްޕިޓަލް (ފޮޓޯ: ސޯޝަލް މީޑިއާ)
ފުވައްމުލައް ސިޓީން ކޯވިޑް-19 އަށް ޕޮޒިޓިވްވެ މިވަގުތު އެސިޓީގައި ބަލިޖެހިފައި ތިބީ 41 މީހުންނަށް ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ބުނެފިއެވެ.

ފުވައްމުލަކުން އެންމެ ފުރަތަމަ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ ފެބްރުއަރީ 7 ވަނަ ދުވަހު ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިންނެވެ. އެމީހާ އަކީ ދުބާއީ އިން އައިސް ފުވައްމުލަކުގައި ހޯމް ކަރަންޓީނުގައި ހުއްޓާ ކޮވިޑަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓުވި މީހެކެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ އިއްޔެ އެ ސިޓީން 18 މީހުން ބައްޔަށް ޕޮޒިޓިވްވެ، އެސިޓީން މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 792 އަށް އަރައިފައިވާ ކަމަށެވެ. އިއްޔެ ޕޮޒިޓިވްވި 18 މީހުންގެ ތެރޭގައި ހިމެނެނީ 10 ދިވެހިންނާއި އަށް ބިދޭސީން ނެވެ. އެސިޓީން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 751 މީހުން ރަނގަޅުވެފައި ވާއިރު މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި އެރަށުގައި ތިބީ 41 މީހުންނެވެ.

ފުވައްމުލައް ސިޓީގައި ހޮސްޕިޓަލްގައި އެނދުމަތިކޮށް މިވަގުތު އެއްވެސް މީހަކަށް ފަރުވާދެމުން ނުގެންދެއެވެ. އެރަށުން މިހާތަނަށް 17588 ސާމްޕަލް ނަގާފައިވާއިރު ނަތީޖާ ނުލިބޭ ސާމްޕަލްގެ ޢަދަދަކީ 20 އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން