ހިޔާ މަޝްރުޢުގެ ފްލެޓްތައް | ރަސް ފޮޓޯ: ޝާޙް
ހިޔާ މަޝްރުޢުގެ ފްލެޓްތައް | ރަސް ފޮޓޯ: ޝާޙް
ގުރުއަތުން ފުލެޓު ލިބިފައިވާ ފަރާތްތަކާއި، ފުލެޓު ލިބިފައިނުވާ އެއްވެސް ފަރާތަކަށް ފޯނު މެދުވެރިކޮށް ލިބިފައިވާ ފުލެޓުގެ ތަފްޞީލު ހިއްސާކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ނުގުޅާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

އެ ކޯޕަރޭޝަނުން މިއަދު ނެރުނު އިއުލާނެއްގައި ވަނީ، ހިޔާ މަޝްރޫޢުން ފުލެޓު ލިބިފައިވާ ފަރާތްތަކަށް އެކޯޕަރޭޝަނުގެ ނަމުގައި ގުޅާކަމަށް ބުނެ ޝަކުވާތައް ލިބެމުންދާކަމަށެވެ. އަދި އެފަދައިން އޮޅުވާލައިގެން އެޗްޑީސީގެ ނަމުގައި ކުރާ ކޯލުތަކަށް ސަމާލުވުމަށް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

އެޗްޑީސީން ބުނީ، ހިޔާ މަޝްރޫޢުގެ ދަށުން އިމާރާތްކޮށްފައިވާ ފުލެޓުތަކަށް ހޮވިފައިވާ ފަރާތްތަކަށް ފުލެޓު ގުރުއަތުން ލިބޭ ފުލެޓު ކަނޑައެޅުމަށްފަހު ގުރުއަތުން އެއްވެސް ފަރާތަކަށް ކަނޑައެޅިފައިނުވާ ބާކީ ހުރި ފުލެޓުތަކަށް ހޮވިފައިވާކަމަށް ބުނެ އެ ކޯޕަރޭޝަނުން އެއްވެސް ފަރާތަކަށް ފޯނު މެދުވެރިކޮށް ނުގުޅާނެ ކަމަށެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ފުލެޓަށް ހޮވިފައިވާ ފަރާތްތަކަށް ލިބޭ ފުލެޓު ކަނޑައެޅުމަށް އެކޯޕަރޭޝަނުން އަމަލުކުރަމުންދާ އުޞޫލަކީ، ފުލެޓު ގުރުއަތު ނެގުން ހަމަޖެހިފައިވާ ތާރީޚް އަދި އެދުވަހެއްގެ ގުރުއަތުގައި ފުލެޓު ކަނޑައެޅޭނެ ފަރާތްތައް ހިމެނޭ ލިސްޓު އާންމުކޮށް އަންގާ އިޢުލާނުކުރުމަށްފަހު، ޓީ.ވީގެ ޒަރިއްޔާއިން ގެނެސްދެވޭ ލައިވް ޕްރޮގްރާމެއް މެދުވެރިކޮށް ގުރުއަތު ނެގުން ކުރިއަށް ގެންދިއުން ކަމަށް އިޢުލާނުގައި ވެއެވެ.



މީގެ އިތުރުން އެޗްޑީސީން ބުނީ، ހިޔާ މަޝްރޫޢުއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ހިއްސާ ކުރާނަމަ، އެކަން ކުރާނީ އާންމު އިޢުލާނެއްގެ ޒަރިއްޔާއިން ނުވަތަ އެކޯޕަރޭޝަނުގެ މީސްމީޑިއާ ޕޭޖުތައް މެދުވެރިކޮށް ކަމަށެވެ. އަދި ހަމައެހެންމެ، މިފަދަ ކަމެއްގައި އެކޯޕަރޭޝަނުގެ ފަރާތުން ގުޅާނަމަ ބޭނުން ކުރާނީ އެކޯޕަރޭޝަނުގެ ރަސްމީ ނަންބަރުތައް ކަމަށެވެ.

ހިޔާ ފްލެޓްތައް ލިބޭ ފަރާތްތައް ކަނޑައަޅައި، އެ ފަރާތްތަކާއެކު އެގްރިމެންޓްތަކުގައި ސޮއިކުރުމުގެ މަސައްކަތް މިމަހުގެ 14 ވަނަ ދުވަހު ފެށުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން