ރާއްޖެއަކީ ފަތުރުވެރިންގެ ތެރޭގަިއ މަޤުބޫލު މަންޒިލެއް
ރާއްޖެއަކީ ފަތުރުވެރިންގެ ތެރޭގަިއ މަޤުބޫލު މަންޒިލެއް
މިހިނގާ 2021 ވަނަ އަހަރުގެ އެޕްރިލް މަހު ގްރީން ފަންޑަށް 72 މިލިއަނަށް ވުރެ ގިނަ ރުޕިޔާ ޖަމާކޮށްފައިވާ ކަމަށް ފިނޭޭންސް މިނިސްޓްރީގެ ތަފާސް ހިސާބު ތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީއިން އާއްމުކޮށްފައިވާ އެޕްރިލް މަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، އެމަހުގެ ގްރީން ފަނޑަށް 72.05 މިލިއަން ރުފިޔާ ވަނީ ޖަމާވެފައެވެ. އޭގެތެރޭގައި ރިސޯޓުތަކުން ގްރީން ޓެކްސްގެ ގޮތުގައި ލިބުން 68.08 މިލިއަން ރުފިޔާއާއި، ހޮޓާތަކުން ލިބުން 912،358.56 ރުފިޔާއާއި، ގެސްޓް ހައުސް ތަކުން ލިބުން 1.5 މިލިއަން އަދި ސަފާރީ ތަކުން ލިބުނު 1.6 މިލިއަން ރުފިޔާ ހިމެނެއެވެ.

އަތޮޅުތަކަށް ނަޒަރު ހިންގާލާއިރު ގްރީން ފަންޑަށް އެންމެ ގިނަ އަދަދަކަށް ފައިސާ ލިބިފައިވަނީ ކ. އަތޮޅުންކަމަށް މި ހިސާބުތަކުން ދައްކާއިރު، އެއީ 24.9 މިލިއަން ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީއިން އާއްމުކޮށްފަިއވާ ތަފާސް ހިސާބު ތަކުން ދައްކާގޮތުން އެޕްރިލް މަހު ސަރުކާރުން ވަނީ 9.8 މިލިއަން ރުފިޔާ، އަތޮޅުތެރޭގެ އެކި ރަށްތަކުގެ ފެނާއި ނަރުދަމާ އަދި އެކި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ގްރީން ފަންޑުން ޚަރަދުކޮށްފައެވެ.

އަހަރު ފެށުނުއިރު ގްރީން ފަންޑުގައި 809.6 މިލިއަން ރުފިޔާ ހުރި އިރު، މި އަހަރުގެ ޖަނަވަރީމަހު މި ފަންޑަށް 57.3 މިލިއަން ރުފިޔާ އިތުރުވެފައިވެއެވެ. އަދި އެޕްރިލް މަހު ފަންޑުން ކުރި ޚަރަދާއިއެކު ގްރީން ފަންޑުގައި ބާކީ މިހާރު ހުރީ 62.3 މިލިއަން ރުފިޔާއެވެ.

ގްރީން ޓެކްސްއަކީ ރާްއްޖެ އަންނަ ފަތުރުވެރިން އަތުން ނަގާ ޓެކުހަަކަށް ވީއިރު، ހޮޓެލް، ސަފާރީ އަދި ރިސޯޓްތަކައް އަންނަ ފަތުރުވެރިން އަތުން ދުވާލަކަށް ގްރީން ޓެކުހުގެ ގޮތުގައި 6 ޑޮލަރު ނަގައެވެ. އަދި ގެސްޓް ހައުސްތަކައް އަންނަ ފަތުރު ވެރިން އަތުން ދުވާލަކަށް 3 ޑޮލަރު ގްރީން ޓެކްސް ގޮތުގައި ނަގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން