އައިޖީއެމްއެޗް
އައިޖީއެމްއެޗް
މާބަނޑު މީހަކު ވިއްސުމުގެ ތެރޭގައި ބަނޑުގައި އޮތް ދަރިފުޅުގެ ބޯ ވަކިވެފައިވާކަމަށާއި، އެކުއްޖާއަކީ ބަނޑަށް ނިޔާވެފައިވާ ކުއްޖެއް ކަމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗުން މިއަދު ބުނެފިއެވެ.

އައިޖީއެމްއެޗުން ނެރެފައިވާ ބަޔާނެއްގައިވަނީ، މިމަހުގެ 10 ވަނަ ދުވަހުގެރޭ މާބަނޑު މީހަކު ވިއްސުމުގެ ތެރޭގައި ބަނޑުގައި އޮތް ދަރިފުޅުގެ ބޯ ވަކިވެފައިވާ ކަމަށާއި، އެއީ ހޮސްޕިޓަލަށް ދެއްކިއިރުވެސް ބަނޑަށް މަރުވެފައިވާ ކުއްޖެއް ކަމަށެވެ.

މިހެން ދިމާވެފައިވަނީ މައިމީހާގެ ޞިއްޙީ މައްސަލަތަކެއް ހުރުމުންނާއި ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ގިނައިރުތަކެއް ވެފައިވާތީކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ. އަދި ބަލިމީހުންގެ ތަފްޞީލީ ޞިއްޙީ މަޢުލޫމާތު ހޮސްޕިޓަލުގެ ފަރާތުން ހާމަކުރުމަކީ ޤާނޫނީ ކުށަކަށް ވުމުގެ އިތުރުން މި މައްސަލައާ ބެހޭ ނޫސް ބަޔާނުގައި ދީފައިވާ މައުލޫމާތު ފިޔަވައި އެފަދަ ޒާތީ މައުލޫމާތެއް އިތުރަށް ހާމަނުކުރުމަށް އާއިލާގެ ފަރާތުން ހޮސްޕިޓަލުގައި އެދިފައިވާކަމަށްވެސް އައިޖީއެމްއެޗްގެ ބަޔާނުގައިވެއެވެ. އަދި އާއިލާގެ ހުއްދައާއިއެކު ނޫސްބަޔާނުގައި ހާމަކޮށްފައިވާ މަޢުލޫމާތުގެ އިތުރުން އިތުރު މަޢުލޫމާތެއް ހާމަކުރެވެން ނެތްކަމުގައިވެސް އެ ހޮސްޕިޓަލުން ބުނެއެވެ.



މިވާހަކަ ނޫސްތަކާއި ސޯޝަލް މީޑިއާގައި ނުދެއްކުމަކީ އާއިލާގެ އެދުމެއް ކަމަށް އާއިލާގެ ފަރާތުން ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ބައްދަލުކޮށް ނިޔާވެފައިވާ ކުއްޖާގެ ބައްޕަ ވިދާޅުވެފައިވާއިރު، މި ހިތާމަވެރި ދަނޑިވަޅުގައި އާއިލާގެ އެދުމަށް އިޙްތިރާމް ކުރުމަށް މީޑިއާއާއި އެހެނިހެން ފަރާތްތަކަށްވެސް އައިޖީއެމްއެޗުން ވަނީ ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން