ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ފުލެޓްތަކެއް
ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ފުލެޓްތަކެއް
"ހިޔާ" އެއްބަސްވުމުގައި ސޮއިކުރަން ބުދަ ދުވަހު ފަށާނެ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން މިއަދު ކޮށްފައިވާ އިޢުލާނެއްގައި ބުނީ، ހިޔާ ފްލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް މިމަހު 14 ވަނަ ދުވަހުން ފެށިގެން އަންނަ އޮގަސްޓް މަހުގެ 15ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލުގަ އެވެ.

އެޗްޑީސީން ވަނީ، އެއްބަސްވުމުގައި ސޮއިކުރަން ހަމަޖެހިފައިވާ ގޮތުގެ ތާވަލް މިއަދު ޢާއްމު ކޮށްފައެވެ. އެ ތާވަލުގައިވާ ގޮތަށް ޓަވަރު ތަރުތީބުން ސޮއިކުރުން ކުރިއަށް ގެންދަން ހަމަޖެހިފައިވީ ނަމަވެސް، އެ ޓަވަރުތަކުން ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން އެއްބަސްވުމުގައި ސޮއިކުރަން ތާވަލު ކުރެވޭނީ، އެއްބަސްވުން ތައްޔާރުކުރަން ކޮންމެހެން ބޭނުންވާ މައުލޫމާތު ފޯމުތައް ފުރިހަމަކޮށް އެ ކޯޕަރޭޝަނަށް ހުށަހަޅާފައިވާ ފަރާތްތަކަށް ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އަދި އެއްބަސްވުމުގައި ސޮއިކުރަން ތާވަލު ކުރި ނަމަވެސް، ފްލެޓުތަކަށް ބޭނުންވާ ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އަދި ނިމިފައި ނުވާތީ، އެއްބަސްވުމުގެ ދަށުން ފްލެޓަށް ފައިސާ ދައްކަން ފަށާ މުއްދަތު އަދި "ގްރޭސް ޕީރިއަޑް"ގެ ގޮތުގައި ދޭ ތިން މަސް ގުނަން ފަށާނީ އެ ހިދުމަތް ފޯރުކޮށްދިނުމުން ކަމަށް ބަޔާނުގައި ވެއެވެ.



އޭގެ އިތުރުން ކަރަންޓުގެ މަސައްކަތް މުޅިން ނުނިމެނީސް ޓަވަރުތަކުގެ ލިފްޓު ބޭނުން ކުރުމަކީ އެންމެ ރައްކާތެރިކަމަކަށް ނުވާނެތީ، ފްލެޓު ބޭނުންކުރަން ހުޅުވާލެވޭނީ ޓަވަރަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދެވުމުން ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ ފްލެޓް ބަދަލުކުރުމަށް ދީފައިވާ ފުރުސަތުގެ ބޭނުން އިތުރަށް ހިފުމަށް ބޭނުންވާ ފަރާތްތަކަށް ސޮއި ކުރުމުގެ މަރުޙަލާ ނިމުމުން އެޗްޑީސީން ޢާއްމުކުރާ އުސޫލާ އެއްގޮތަށް އެކަމަށް އެދި ހުށައެޅޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން