ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު
ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު
ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު 7 އަހަރަށް ފަހު ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފިއެވެ.

ސިޔާސީ ޕާޓީއެއް އުފައްދައިގެން ޤައުމަށާއި ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ނިންމާފައިވާތީ މިއަދުން ފެށިގެން ޖުމްހޫރީ ޕާޓީން ވަކިވެފައިވާ ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމަށް މިއަދު ފޮނުއްވި ސިޓީއެއްގައި ކުރީގެ ސީޕީ ރިޔާޒު ވަނީ ވިދާޅުވެފައެވެ. ރިޔާޒް ވަނީ، ޖޭޕީގެ ލީޑަރާއި އެ ޕާޓީގެ މެމްބަރުން ދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

2019 ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރިޔާޒު މަޖިލީހަށް ހޮވިވަޑައިގެންނެވީ ޖޭޕީގެ ޓިކެޓުގައެވެ.



ޖޭޕީން ވަކިވެވަޑައިގެންނެވުމަށްފަހު ރިޔާޒު ގުޅިވަޑައިގެންނެވުމަށް ނިންމާފައިވަނީ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމް އުފައްދަވާ ޕާޓީއާއެވެ. އެގޮތުން އެ ޕާޓީ އުފެއްދުމަށް ނާޒިމް ވަނީ 3000 މެމްބަރުންގެ ސޮއި ވެސް ހަމަކުރައްވާފައި ކަމަށް އެނގިފައި ވެއެވެ. އެ ޕާޓީއަށް މީގެ ކުރިން ސަލާމަތީ ޚިދުމަތްތަކުގައި އުޅުއްވި ގިނަ ބޭފުޅުންނާއި، މަޖިލީހުގެ ބައެއް މެންބަރުން ގުޅިވަޑައިގަންނަވާނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން