ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް، ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހީމާއެކު
ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް، ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހީމާއެކު
ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފިއެވެ.

ސިޔާސީ ޕާޓީއެއް އުފައްދައިގެން ޤައުމަށާއި ރައްޔިތުންނަށް މިހާރަށްވުރެ ފުޅާކޮށް ޤައުމަށް ޚިދުމަތް ކުރުމަށް ނިންމާފައިވާތީ މިއަދުން ފެށިގެން ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފައިވާ ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމަށް ކުރީގެ ޑިފެންސް މިނިސްޓަރ ނާޒިމް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވެއެވެ. ނާޒިމް ވަނީ، ޖޭޕީގެ ލީޑަރާއި އެ ޕާޓީގެ މެމްބަރުން ދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

2019 ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކާނަލް ނާޒިމް މަޖިލީހަށް ހޮވިވަޑައިގެންނެވީ ޖޭޕީގެ ޓިކެޓުގައެވެ. ކާނަލް ނާޒިމްގެ އިތުރުން، ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒްވެސް ވަނީ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފައެވެ. އެހެންކަމުން މިހާރު ރައްޔިތުންގެ މަޖިލީހުގައި ޖުމްހޫރީ ޕާޓީ ތަމްސީލް ކުރަން ތިއްބަވާނީ 3 މެންބަރުންނެވެ.



ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމް އިސްކޮށް ހުންނަވައިގެން އުފައްދަވާ ޕާޓީއަށް މިހާރުވަނީ، 3000 މެމްބަރުންގެ ސޮއި ވެސް ހަމަކުރައްވާފައި ކަމަށް އެނގިފައި ވެއެވެ. އެ ޕާޓީއަށް މީގެ ކުރިން ސަލާމަތީ ޚިދުމަތްތަކުގައި އުޅުއްވި ގިނަ ބޭފުޅުންނާއި، މަޖިލީހުގެ ބައެއް މެންބަރުން ގުޅިވަޑައިގަންނަވާނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ގޮތުގައި ތިއްބަވައިގެން ދަނގެތި ދާއިރާގެ މެންބަރު ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތްކުރަށްވާ މައްސަލައިގައި ޖުމްހޫރީ ޕާޓީގެ ބައެއް މެމްބަރުން ތިއްބަވާ ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި މިކަމުގައި އެ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް ދެކެވަޑައިގަންނަވާ ގޮތް ވަރަށް ރަނގަޅަށް ހާމަކުރަށްވާފައި ވެއެވެ. އެކަމަށް އިޝާރާތްކުރަށްވައި ގާސިމް ފޮނުއްވި މެސެޖުގައި ނާޒިމަކީ ކާކުތޯ އައްސަވައި ހިނިތުންވުމުގެ ޝުޢޫރުތައް ހާމަކޮށްދޭ އިމޯޖީއެއް ގާސިމް ވަނީ ހިއްސާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން