ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަން
ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަން
ހދ. ކުޅުދުއްފުށީގައި ޒުވާނަކު ރަހީނުކޮށް، ބިރުދައްކައި މާރާމާރީ ހިންގި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހެއްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހުން ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ފޮނުވައިފި އެވެ.

މޫނު ނިވާކޮށްގެން ތިބި ބަޔަކު އުމުރުން 29 އަހަރުގެ ޒުވާނަކަށް އަނިޔާކުރީ ކާރަކަށް އަރުވައިގެން، އެ ރަށުގައި މީހުން ދިރިނޫޅޭ ހިސާބަކަށް ގެންގޮސްގެންނެވެ. އެ އަނިޔާގައި ބޮޑެތި ޒަހަމްތަކެއް އެޒުވާނާއަށް ލިބިފައިވެއެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ މި މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުންގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އަދި މި މައްސަލާގައި ތުހުމަތު ކުރަނީ ހދ. ކުޅުދުއްފުށި، މާތުނޑި، މުއާޒް އަލީއާއި އެރަށު، ސެޓްލައިޓް، މުހައްމަދު އާދަމަށެވެ.

މި ދެމީހުންގެ މައްޗަށް ދެ ދައުވާއެއް ކޮށްފައިވެ އެވެ. އެއީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދައުވާ އެވެ. މި މައްސަލާގައި ތުުހުމަތު ކުރެވޭ އިތުރު ހަތަރު މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއްކޮށް، ކުށްސާބިތުކުރެވޭ ވަރަށް ހެކިލިބިފައި ނުވާކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.

އަނިޔާ ލިބުނު ޒުވާނާގެ ބޮލުގައި ދަގަނޑަކުން ޖެހުމުގެ ސަބަބުން ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑިއަށް ލޭ އެޅިފައިވާއިރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު، އޭނާ އަށް މިހާރު ފަރުވާ ދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލްގަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން