ފްރަންޓްލައިންގައި މަސައްކަތް ކުރާ ދެ ބޭފުޅުން މަސައްކަތުގައި ހަރަކާތްތެރިވަނީ
ފްރަންޓްލައިންގައި މަސައްކަތް ކުރާ ދެ ބޭފުޅުން މަސައްކަތުގައި ހަރަކާތްތެރިވަނީ
ކޯވިޑް-19 އަށް ޕޮޒިޓިވްވެ ހާލު ބޮޑުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްކުރެވި، ބަލި ޖެހިގެން ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާދެމުންދާ މީހުންގެ އަދަދު 15 އަށް ތިރިވެއްޖެއެވެ.

ކޯވިޑްގެ މިއަދުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދުގެ 6:00 އަށް މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވަނީ 23 މީހުންނެވެ. އަދި އަތޮޅުތަކުން 61 މީހުން ބައްޔަށް ޕޮޒިޓީވްވެ މުޅި ރާއްޖެއިން މިއަދު ބައްޔަށް ޕޮޒީޓިވް ވެފައިވަނީ 91 މީހުން ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޯވިޑް ފެތުރޭ މިންވަރު ދަށްކުރެވުމުން ދީފައިވާ ލުއިތަކާއެކު ބައްޔަށް ޓެސްޓް ކުރަން ސާމްޕަލް ނަގާ މިންވަރުވެސް މިހާރުވަނީ ރެކޯޑް މިންވަރަކަށް އިތުރުކޮށްފައެވެ. އެގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ބައްޔަށް ޓެސްޓް ކުރުމަށްޓަކާ ޖުމްލަ 7999 ސާމްޕަލް ނަގާފައިވާ ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މިއަދު ކޯވިޑަށް އިތުރަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ރިސޯޓްތަކުން ޕޮޒިޓިވްވި މިންވަރު ވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެގޮތުން ވޭތުވެދިޔަ 24 ގަޑީއިރުގެ ތެރޭގައި ރިސޯޓްތަކުން ޖުމްލަ ހަތް މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު ފަތުރުވެރިންނަށް ޚިދުމަތްދޭ އެހެން އެއްވެސް ތާކުން މީހަކު ބައްޔަށް ޕޮޒިޓިވް ނުވާކަން ފާހަގަކޮށްލެވެއެވެ.

މިއަދުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިވަގުތު ބަލި ޖެހިފައި ތިބީ 2497 މީހުންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 72439 މީހުންނަށް ވަނީ ކޯވިޑް ޖެހިފައެވެ. އަދި ރާއްޖެއިން ބަލީގައި މިހާތަނަށް 214 މީހަކު ނިޔާވެފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން