ފޮޓޯ: ރައީސް އޮފީސް، ނައިބު ރައީސް ފައިސަލް ނަސީމް އެޗްއީއޯސީގައި މަސައްކަތްކުރައްވާ ފަރާތްތަކާ ބައްދަލު ކުރުން
ފޮޓޯ: ރައީސް އޮފީސް، ނައިބު ރައީސް ފައިސަލް ނަސީމް އެޗްއީއޯސީގައި މަސައްކަތްކުރައްވާ ފަރާތްތަކާ ބައްދަލު ކުރުން
ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އަށް ޒިޔާރަތް ކުރައްވައި އެތަނުގައި މަސައްކަތްކުރައްވާ އޮފިޝަލުންނާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިއަދު ބައްދަލުކުރައްވައިފިވެ.

މިއަދު ހެނދުނު ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވަނީ އެޗްއީއޯސީގެ އޮފިޝަލުންނާ ބައްދަލުކުރައްވައި ރާއްޖޭގެ ކޮވިޑް-19 ގެ ހާލަތުގެ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދަވާފައެވެ. އަދި މި ބައްދަލުުވުމުގައި އެޗްއީއޯސީގެ ފަރާތުން ވަނީ ރާއްޖޭގެ ކޮވިޑް-19 އާއި ގުޅޭ އެންމެ ފަހުގެ ތަފާސްހިސާބުތައް ނައިބު ރައީސަށް ތަފްޞީލުކޮށްދެއްވާފައެވެ.

އެގޮތުން މި ބައަދަލުވުމުގައި ކޮވިޑް-19ގެ ބަލީގައި މިހާރު ހޮސްޕިޓަލުގައި ޢެޑްމިޓްވެގެން ފަރުވާ ހޯދާ ފަރާތްތަކުގެ އަދަދު ބޮޑުތަނުން ދަށްވެފައިވާކަމަށް ނައިބު ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ. އެގޮތުން، މި އަދަދު މިހާ ދަށްވެފައިވަނީ ބަލި ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ރަނގަޅުކަމުން ކަމަށް ވެސް ނައިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި އިތުރަށް މި ފިޔަވަޅުތައް ހަރުދަނާ ކުރުމަށް މަސައްކަތްކުރެވޭނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

މި ބައްދަލުވުމުގައި ރައީސްގެ ނައިބު ވަނީ ކަރަންޓީނާއި އައިސޮލޭޝަން ފެސިލިޓީތަކުގެ އެންމެ ފަހުގެ މަޢުލޫމާތު އޮޅުންފިލުވާފައެވެ. އަދި އެތަންތަން ހިނގަމުންދާ ގޮތުގެ މަޢުލޫމާތު ހޯއްދަވައި މިހާރު އޮތް ހާލަތަށް ބަލާފައި ފެސިލިޓީތަކަށް އިތުރު ފުރިހަމަކަމެއް ގެނައުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްވެސް އެމަނިކުފާނު ވަނީ އިރުޝާދު ދެއްވާފައެވެ.

މިއަދުގެ މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ހެލްތް އަޙްމަދު ނަސީމް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މިނިސްޓަރ ވަނީ ވެކްސިން ދެވޭ މީހުންގެ ނިސްބަތް އިތުރުކުރުމަށާއި ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށް ބާރުއަޅުއްވަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން އެޗްއީއޯސީން ވާހަކަ ދެއްކެވި ބޭފުޅުން ވަނީ މިހާރު ރައްޔިތުންނަށް ލުއި ދިނުމަށް އަޅާފައިވާ ފިޔަވަޅުތައް ތަފްޞީލުކޮށްދެއްވާފައެވެ. އަދި ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްރަށުން އަނެއް ރަށަށް ދަތުރުނުކުރުމުގެ މުހިންމުކަން ފާހަގަކުރަށްވައި މޮނިޓަރިންގއަށް ލާފައިވާ ރަށްތަކަށް ނުދިއުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.

މި ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން، މިނިސްޓަރ އޮފް ހެލްތާއި، ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނާއި، އެޗްއީއޯސީގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން