އެސްޓީއޯގެ އެމްޑީ ޙުސެއިން އަމްރު
އެސްޓީއޯގެ އެމްޑީ ޙުސެއިން އަމްރު
އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމު ލިބިވަޑައިގެންނެވިތާ ތިން އަހަރު ހަމަނުވަނީސް މާލެއިން ބޮޑު އަގުގައި ގޯއްޗެއް ބައްލަވައިގަތީ އެގޯތީގައި ރެސްޓޯރެންޓެއް ހަދަން ކޮށްފައިވާ އިންވެސްޓްމަންޓަކަށް ބޭންކުން ދޫކުރި ލޯނަކަށް ކަމަށް ވިދާޅު ޙުސައިން އަމްރު ވަރަށް ހަމަނުޖެހޭ ވާހަކަތަކެއް ދައްކަވައިފިއެވެ.

އަމްރު ވަނީ އައްނަބީލާ ޙަބީބާ ޙުސައިން ޙަބީބުގެ ގ. ވައިލެޓު އަބީރު، 8.4 މިލިއަން ރުފިޔާއަށް ބައްލަވައިގެންފައެވެ. އެ ގޯއްޗަކީ 1183.7 އަކަފޫޓުގެ ބިމެކެވެ.

އަމްރު މި ގޯތި ބައްލަވައިގަތުމާއެކު ބައެއް ފަރާތްތަކުން ކުރަމުންދާ ތުހުމަތުތަކަށް ރައްދު ދެއްވަމުން އަމްރު މިރޭ ވިދާޅުވީ، އެ ގޯއްޗަކީ 2017 ވަނަ އަހަރު އޭނާ ކުއްޔަށް ނަގައިގެން 3 ބުރީގެ އިމާރާތެއް ހަދާ ރެސްޓޯރެންޓެއް ހިންގަން ތައްޔާރުވި ގޯއްޗެއް ކަމަށެވެ. އަދި އޭނާ އެގޯތި ބައްލަވައި ގަތީ އެ ވިޔަފާރި ފެށުމަށް ތައްޔާރު ވެފައި ވަނިކޮށް ގޯތީގެ ވެރިފަރާތުން އެ ގޯތި ވިއްކާލުމަށް ބޭނުންވުމުން ކަމުގައި އަމްރު ވިދާޅުވެފައި ވެއެވެ. އޭނާ އެގޯތި ބައްލަވައިގަތީ އެހެންމީހަކު ގަނެފިނަމަ އެތަން ހަދަން ކުރި އިންވެސްޓްމެންޓް ގެއްލިދާނެތީ ކަމަށް ވިދާޅުވި ނަމަވެސް އެ ގޯތި ބައްލަވައި ގަތުމަށް 8.4 މިލިއަން ރުފިޔާ ހޯއްދެވި ގޮތެއް ސީދާ ސާފުކޮށެއް ނުދެއްވައެވެ.

ކުރަށްވާ ބޮޑު ވިޔަފާރިއެއް މުއްސަނދިކަމެއް ފެންނާންނެތް އެސްޓީއޯގެ އެމްޑީ އަށް މިލިއަނަށްވުރެ ގިނަ ރުފިޔާ ދީފައި މާލެއިން ބިމެއް ބައްލަވައިގެންނެވުމުން އާންމުން މީސްމިޑީއާގައި ފާޑުކިޔަން ފެށުމުން އަމްރު ދައްކަވާފައި ވަނީ ވަރަށް ތާކުންތާކު ނުޖެހޭ ވާހަކަ ތަކެއްކަން ފާހަގަކޮށްލެވެއެވެ.

އަމްރު އެސްޓީއޯގެ އެމްޑީގެ މަގާމާއި ހަވާލުވެވަޑައިގެންނެވި ފަހުން ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށާއި ކުންފުނީގެ ވިޔަފާރި މުޅިން އަޑިއަޅާލާފައިވާ ކަމަށާއި ކުންފުނީގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކުރަމުންދާކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.



އަމްރު ވިދާޅުވީ، ގޯތީގެ ވެރިފަރާތުން ގޯތި އޭނައަށް ވިއްކަން ބޭނުންވުމުން ބޭންކަށް ފައިނޭންސް ހޯދުމަށް ހުށަހެޅުމުން އެތަނަށް 2017 ވަނަ އަހަރު ކޮށްފައިވާ އިންވެސްޓްމެންޓަށް ބެލުމަށްފަހު، 2017 ގައި އިންވެސްޓްކޮށްފައި ހުރި ފައިސާ އަކީވެސް އޭނާ މަސައްކަތް ކޮށްގެން ހޯދާފައިވާ ހަލާލު ފައިސާކަން ޔަޤީންކުރުމަށްފަހު 2020 ވަނަ އަހަރު ލޯނު އެޕްރޫވް ކޮށްފައިވާ ކަމަށެވެ.

އެހެންވީމާ އަމްރުގެ މިވާހަކައިން އޭނާ ގޯތި ބައްލަވައި ގަތީ ބޭންކުން ލޯނު ނަންގަވައިގެން ކަމަށާއި އަދި އެލޯނު އެޕްރޫވް ކޮށްފައިވަނީވެސް އޭނާ އެސްޓީއޯގެ އެމްޑީ ކަމުގައި ހުންނަވަނިކޮށް ކަމަށްވާތީ މިއީ މަގާމުގެ ނުފޫޒުގެ ބޭނުން ކުރަށްވައިގެން ކުރެއްވި ކަމެއްކަން ސާބިތު ކުރެވޭ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އަދި މާލެއިން ގޯއްޗެއް ގަންނަން އެގޯތީގައި ރެސްޓޯރެންޓެއް ހަދަން ކޮށްފައިވާ އިންވެސްޓްމެންޓަކަށް 8.4 މިލިއަން ރުފިޔާގެ ލޯނެއް ބޭންކަކުން ދޫކޮށްފާނެ ކަމާމެދުވެސް ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.



އޭގެ އިތުރުން އަމްރު ވިދާޅުވީ، އޭނާ ދުއްވާ ކާރަކީ އެސްޓީއޯގެ ކާރެއް ކަމަށާއި، އޭނާ އަޅާ ގަޑިއަކީ މި ސަރުކާރު އައުމުގެ ކުރިންވެސް އަޅާ ގަޑިއެއް ކަމަށެވެ.

"މި ކަހަލަ ވާހަކަތައް އިނގިހުރެވެސް މީހުންގެ އަގު ވައްޓާލަން ލިޔުމަކީ ރަނގަޅުކަމެއް ނޫން. ލިޔަން ކޮންމެހެން ބޭނުންނަމަ ގުޅާލާ ސާފު ކޮށްލުމަކީވެސް ނޫސްވެރިކަމުގެ އެއް އަސާސް. މީހުންނަށް އޮޅޭގޮތަށާ، ދޮގު މައުލޫމާތު ލިޔުމަކީ ނޫސްވެރިކަމެއް ނޫން." މީޑިއާއަށް ފާޑު ވިދާޅުވެ މީޑިއާގައި ޚަބަރު ލިޔާނެ ގޮތް ވިދާޅުވެ ދެއްވަމުން އަމްރު ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


10

ޕްރޭމްޗޯޕްރާ

21-Jul-2021

އެސްޓީއޯ އަށް އަންނަ ކޮންމެ މީހަކީ ވަގެއް މިދެން އަރަތެއްނުން.


9

ތަންބީ

21-Jul-2021

އަމުރު އަކަށް އެސްޓީއޯ އެއް ނުހިންގޭ އެމަގާމުން އޭނަ ވަކިކޮށް ތެދުވެރި އަމާ ނާތްތެރި ހިންގޭ މީހަކު އެމަގާމަށް އިސްކުރޭ!


-5

ތަކުބީރު

16-Jul-2021

އެބުނާހެން ބިމެެއްގައި 3 ބުރި އިމާރާތް ކޮށްފައި ހުރިނަމަ އަދި ބޭންކަށް އެއިމާރާތުން ލިބޭ އާމްދަނީއިން ލޯނު ދެއްކޭނެކަމަށް ފެންނަ ނަމަ 8.4 ކީއްކުރަން އެއަށްވުރެ ބޮޑު އަދަދެއްވެސް ދީފާނެ. މިލިޔުން މިއޮތީ ވަރަށް ބަޔާސްކޮށްކަން ފާހަގަވޭ. ނިންމާލަމުން އަމްރު ބުނެފަ އެއޮތް ވާހަކަ, ނޫހުގަ ލިޔަންޏާ އޭނާ ކައިރިން އަހާލާށޭ އޮތްތަން ކޯޓްކޮށްފަ އެކަމަކު އެގޮތަށް އަމްރު ކައިރީ އަހާފާ އޭނާގެ ބަހެެއް ހިމަނާފައި ނެތީމަވެސް ބަޔާސްވޭ. އަނެއްކާ އެސްޓީއޯއަށް ގެއްލުން ވާވަހަކަ ލިޔުނު އިރު ފާއިތުވި 2 އަހަރުގެ އަހަރީ ރިޕޯރޓްގަހުރި އަދަދުތައްވެސް ހަބަރުގަ ހިމަނާލިނަމަ ދޯ.. ވަރަށް ފެންވަރު ދަށް ލިޔުމެއް. މިހެން ބުނީމަ މިކޮމެންޓް އަނެެއްކާ ޖަހާލަ ދޭނެބާ?


-1

އަބްދޫ

16-Jul-2021

ަގަތް ގޯތީގަ ހަދާފަ ހުރި 3 ބުރި އިމާރާތަކީ ރެސްޓޯރަންޓް ހިންގައިގެން ލިބުނު އާމްދަނީ އިން ހަދާފަ ހުރި އިމާރާތެއް.ޢެހެންވެ އިމާރާތުގެ ވެރިފަރާތުން އެހެންމީހަކަށް އެގޯތި ވިއްކާނަމަ ބަދަލުދޭން ޖެހޭތީ ގޭގެ މިލްކުވެރި ފަޜާތުން ނިންމި އެހެން ފަރާތަކަށް އެތަން ވިއްކާނީއިންވެސްޓް ކުރިފަރާތުން ގަންނަން ބޭނުން ނުވާނަމަ ކަމުގަ ނިންމި .ޣަންނަން ބޭނުންވާކަމަށް ބުނުމުން ވެރިފަރާތުން ނިންމީ ކުއްޔަށް ހިފައިގެން އުޅޭ ފަރާތަށް ފުރުސަތު ދިނުމަށް އެހެންވެ ބޭންކަށް 2019 ގަ ހުށަހެލުމުން އެތަން މޯގޭޖްކޮށް ލޯނުދޭން ނިންމީ



ޓްރެންޑިން