ހދ.ހަނިމާދޫ ބަނދަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.
ހަނިމަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢާ ގުޅޭ ގޮތުން އެމްޓީސީސީން ބުނެފައިވަނީ ހަނިމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބޭރުތޮށި ލުމުގެ މަސައްކަތް 14 ޖުލައި 2021 ވަނަ ދުވަހު ފެށިފައިވާކަމަށެވެ. އަދި އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 99 އިންސައްތަ ނިމިފައިވާ ކަމަށްވެސް އެމްޓީސީސީން މަޢުލޫމާތު ދީފައިވެއެވެ.
މިއަހަރުގެ މޭމަހުގެ 5 ވަނަ ދުވަހު ފެށި މިމަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރޭގައި، 53،523 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު ފުންކުރުމާއި، 31،576 މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 355 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި، 50 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 270 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުމުގެ އިތުރުން 2583 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި ޖެހުން ހިމެނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 57.12 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

We have commenced construction of breakwater of Hdh. Hanimaadhoo Harbor on 14th July 2021. Dredging of new harbor basin is currently ongoing, with 99% completion. The value of the project is MVR 57.1 million.#MTCCProjects pic.twitter.com/UxhnLkMgmR
— MTCC Plc (@MTCCPlc) July 15, 2021
މިއަހަރުގެ މޭމަހުގެ 5 ވަނަ ދުވަހު ފެށި މިމަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރޭގައި، 53،523 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު ފުންކުރުމާއި، 31،576 މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 355 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި، 50 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 270 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުމުގެ އިތުރުން 2583 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި ޖެހުން ހިމެނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 57.12 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ކިޔުންތެރިންގެ ހިޔާލު