މާލޭ ސަރަޙައްދުގައި ފައިމަގުގައި ބަޔަކު ޙަރަކާތްތެރިވަނީ
މާލޭ ސަރަޙައްދުގައި ފައިމަގުގައި ބަޔަކު ޙަރަކާތްތެރިވަނީ
މިއަހަރުގެ އަޟްހާ ޢީދު ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 8:00 އަށް މާލެ ސަރަހައްދުގައި ފައިމަގުގައި އުޅޭގޮތަށް މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އީދު ދުވަހު މާލޭ ސަރަހައްދުގެ ހުރިހާ މަގެއްގައި ހަވީރު 4:00 އިން ރޭގަނޑު 8:00 އަށް ފައިމަގުގައި އުޅޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

މުޢިއްޒު ވިދާޅުވީ، މި ނިންމުން ނިންމީ، އީދު ދުވަހުގެ އުފާ ރައްޔިތުންނަށް ފުރިހަމައަށް ހޯދައިދިނުމަށް ކަމަށެވެ. އަދި ސިޓީ ކައުންސިލްގެ އެ ނިންމުމާ ގުޅޭގޮތުން ފުލުހުންނާވެސް މަޝްވަރާ ކުރަށްވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މާލޭ ސިޓީ ކައުންސިލާއި އުރީދޫ ގުޅިގެން އީދުގައި، ބަކަރި ކަތިލުމުގެ ހަރަކާތެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށްވެސް މުޢިއްޒުވަނީ ވިދާޅުވެފައެވެ. މުޢިއްޒު ވިދާޅުވީ، ސިޓީ ކައުންސިލުން ކުރިއަށް ގެންދާ ބަކަރި ކަތިލުމުގެ މި ހަރަކާތަކީ އިޖްތިމާއީ ހަރަކާތެއްގެ ގޮތަށް ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.

މިއަހަރުގެ އަޝްޙާ ޢީދު ދުވަހަކީ އަންނަ އަންގާރަ ދުވަހެވެ. ފަހަކަށް އައިސް ޢީދު ދުވަސްދުތަކާއި ދިމާކޮށް މާލޭ ސަރަޙައްދުގައި ފައިމަގުގައި އުޅޭގޮތަށް ހަމަޖެއްސުމަކީ ސިޓީ ކައުންސިލުން މީގެކުރިންވެސް ކުރާ ކަމެއްކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު


5

ތަކުބީރު

16-Jul-2021

ދުއްވާ އެއްޗެހީގައި މީހުން ދިޔުމަށްވުރެ ފައިމަގުގައި ގިނަ ބަޔަކު މަގުމައްޗަށް ނިކުތުމުން މާބޮޑަށް ގައިގޯޅި ވާނެ. އެޗްޕީއޭއިން އީދުގައި މީހުން އެއްވެގެން އެއްވެސް ކަމެެއް ނުކުރާށޭ ބުނީމަވެސް އިޖުތިމާއީ ކަމެއްގެ ގޮތުގައޭ ކިޔާފަ ބަކަރި ކަތިލާ ތަނަށް ދާނީ ހަމައެކަނި ކައުންސިލަރުން ތޯ.. އިތުރު ބަޔަކު އެތަނަށް އެއްނުވާނެތޯ... އީދުގެ ފަހުން އަނެެއްކާ ކޮވިޑް އީދެއް އައިސްދާނެހެން ހާދަ ހީވެޔޭ އެބަ



ޓްރެންޑިން