ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޙަމަލާގައި ދަޢުވާ ކުރުމަށް ފޮނުވޭނީ މިމަހު 20 ގެ ފަހުން ކަމަށް ހޯމް މިނިސްޓަރާ ޙަވާލާދީ އެމްޑީޕީގެ މެއި 6 ކޮމިޓީން ބުނެފިއެވެ.
މިރޭ އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި "މެއި 6" ކޮމިޓީގެ މުޤައްރިރު، ވިލުފުށީ ދާއިރާގެ މެމްބަރު ޙަސަން ޢަފީފު ވިދާޅުވީ، މިމަހު 5 ވަނަ ދުވަހު ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ އާއި އެކޮމިޓީން ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޙަމަލާގައި ދަޢުވާ ކުރުމަށް ފޮނުވޭނީ މިމަހު 20 ހިސާބުގައި ކަމަށް މިނިސްޓަރ މިބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަފީފް ވިދާޅުވީ، އެ ދުވަހު ރައީސް ނަޝީދަށް ޙަމަލާއެއް ދޭން އުޅޭކަމުގެ އިންޓެލިޖެންސް މަޢުލޫމާތު އެއްވެސް ވަރަކަށް ފުލުހުންނަށް ކުރިން ލިބިފައި ނުވާކަމަށް މިނިސްޓަރ ވިދާޅުވި ކަމަށެވެ. މީގެ އިތުރުން ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނުގައި އެކި މުއައްސަސާތަކަށް އެކި މަސްއޫލިއްޔަތު ހަވާލުވެފައިވާކަމަށާއި، މި ނިޒާމުގައި ހޯމް މިނިސްޓްރީގެ މެންޑޭޓަކީ ޓެރަރިސްޓުން ރިހެބިލިޓޭޓްކުރުން އެކަނިކަމަށް އިމްރާން ވިދާޅުވިކަމަށް އަފީފް ވިދާޅުވިއެވެ. ނަމަވެސް އެއީ ޤަބޫލު ކުރެވޭ ވާހަކައެއް ނޫން ކަމަށާއި، ފުލުހުން ކުރައްވާ މަސައްކަތަކީވެސް ހޯމް މިނިސްޓްރީގެ ޒިންމާގެ ދަށުގައި އޮންނަ ކަމެއް ކަމަށް އަފީފު ވިދާޅުވިއެވެ.
އަފީފް ވިދާޅުވީ، މޮނިކޮން އަމުރުނެރެ ކުށްވެރިންގެ ޓެގް އެޅުވުން ފަދަ ކަންކަމަށް ބޭނުންވާ ތަކެތި ބަޖެޓްގެ ދަތިކަން ހުންނާތީ ލިބުން ދަތިކަން މިނިސްޓަރު ފާހަގަކުރައްވާފައިވާ ކަމަށެވެ.
ރައީސް ނަޝީދަށް ދިން ޙަމަލާއާއި ގުޅިގެން އެ ޙަމަލާގެ ތަހުޤީޤު ކުރިއަށްދާގޮތް ބެލުމަށް އެމްޑީޕީން އެކުލަވާލި "މެއި 6" ކޮމިޓީން ދަނީ ދަޢުލަތުގެ ގިނަ އިދާރާތަކަކާ ބައްދަލުކޮށް މަޢުލޫމާތު ސާފު ކުރަމުންނެވެ. ރައީސް ނަޝީދަށް ހަމަލާދީފައި ވަނީ އެމަނިކުފާނުގެ ގެކޮޅު، ގ. ކެނެރީގެ ކައިރިން 6 މެއި ދުވަހުގެރޭ އިރާކޮޅު އެމަނިކުފާނު ކާރަށް އަރާވަޑައިގަންވަނިކޮށެވެ. އަދި އެ ހާދިސާގައި ރައީސް ނަޝީދުގެ ކާރު ޑްރައިވަރަށާއި، 2 ބޮޑީގާޑެއްގެ އިތުރުން މަގުމަތިން ދިޔަ ބިދޭސީއެއް ވެސް ޒަހަމްވެފައިވެ އެވެ.
އެ ޙަމަލާ އަށްފަހު އޭޑީކޭގައި 18 ގަޑިއިރުގެ އޮޕަރޭޝަނެއް ކުރެއްވުމަށްފަހު، އިތުރު ފަރުވާއަށް ރައީސް ނަޝީދު ވަޑައިގެންނެވީ ޖަރުމަންވިލާތަށެވެ. އަދި މިވަގުތު ފަރުވާގެ ކަންކަމުގައި އެމަނިކުފާނު ހުންނެވީ އިނގިރޭސިިވިލާތުގައެވެ.

ކިޔުންތެރިންގެ ހިޔާލު