ރައީސްގެ ދެކަނބަލުން ކުޅުދުއްފުއްޓަށް ވަޑައިގަތުމުން މުޒާހަރާ ކުރަނީ
ރައީސްގެ ދެކަނބަލުން ކުޅުދުއްފުއްޓަށް ވަޑައިގަތުމުން މުޒާހަރާ ކުރަނީ
ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ޞާލިޙް ކުޅުދުއްފުށި ސިޓީއަށް ވަޑައިގެންނެވި ވަގުތު އެއާޕޯޓް ސަރަހައްދުގައި އެ މަނިކުފާނު އިސްތިއުފާއަށް ގޮވައި އިދިކޮޅު ފަރާތްތަކުން މުޒާހަރާކޮށްފިއެވެ.

ރައީސްގެ ދެކަނބަލުން ފްލައިޓުން ފައިބައިވަޑައިގެންނެވި ވަގުތު އެ ސަރަޙައްދަށް އެއްވި އިދިކޮޅު ސަޕޯޓަރުން ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާފައެވެ. އަދި މި ސަރުކާރުން ކުޅުދުއްފުއްޓަށް ވެފައިވާ ވަޢުދުތައް ފުއްދުމުގައި ފެއިލް ވެފައިވާ ކަމަށް ބުނެ ރައީސް ޞާލިޙްގެ އިސްތިޢުފާއަށް ގޮވާލައި އަޑު އުފުލާފައި ވެއެވެ.

އިދިކޮޅުގެ އެއްވުމަށް ފުލުހުންގެ ފަރާތުން ހުރަސްއަޅާފައި ވީ ނަމަވެސް އިދިކޮޅު ސަޕޯޓަރުން މިހާރު ގެންދަނީ ކުޅުދުއްފުށީގެ ބައެއް މަގުތަކުގައި އިޙުތިޖާޖު ކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ކުޅުދުއްފުށި ސިޓީއަށާއި، ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫއަށާއި، ހަނިމާދުއަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެއް ފަށްޓަވާފައިވާއިރު، އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް މީހުން ނުނެރުމަށް ރައީސް އޮފީހުން ވަނީ އަންގަވާފައެވެ.

ރައީސް އޮފީހުން އެގޮތަށް އަންގަވާފައިވަނީ، ކޯވިޑްގެ ދުވަސްވަރު ގިނަ ބަޔަކު އެއްތަނަކަށް އެއްވެ ނޫޅުމަށް އެޗްޕީއޭއިން އަންގަވާފައިވާތީ އެކަމަށް އިޙްތިރާމް ކުރުމުގެ ގޮތުންނެވެ.


ކިޔުންތެރިންގެ ހިޔާލު


-3

Abdulla

21-Jul-2021

Meehun nudhaane kan engeythy,



ޓްރެންޑިން