ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
ދެކުނުއޭޝިއާގެ ފަތުރުވެރިންނަށް ޚިދުމަތްދިން 3 ގެސްޓްހައުސް ބަންދު ކޮށްފިއެވެ.

ދެކުނުއޭޝިއާ ސަރަޙައްދުގައި ކޯވިޑް-19 ފެތުރެމުންދާ މިންވަރަށް ބެލުމަށް ފަހު އެޗްޕީއޭއިން ނިންމާފައިވަނީ، މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކަށް ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ޗެކްއިން ނުވެވޭނެ ކަމަށެވެ. އެހެން ނަމަވެސް ރިސޯޓުތަކަށް ޗުއްޓީއަށް އަންނަ ފަތުރުވެރިންނާއި ރާއްޖެއިން ފުރާ ފަތުރުވެރިންނަށް ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ, މާލޭގައި ހުންނަ ގެސްޓްހައުސްތަކުގައި ޓްރާންސިޓު ކުރެވޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާއިން މިއަދު ބުނެފައިވަނީ، ދެކުނު އޭޝިއާގެ ޓޫރިސްޓުންނަށް ގަވައިދާ ހިލާފަށް ހިދުމަތް ދެމުން ދިޔަ ތިން ގެސްޓް ހައުސްއެއްގެ ހުއްދަ އެ ވުޒާރާއިން ސަސްޕެންޑް ކޮށްފައިވާ ކަމަށާއި، އެއީ ހުޅުމާލޭގައި ހިންގާ ތިން ގެސްޓްހައުސް ކަމަށެވެ.

"ކޮވިޑް-19 ޕްރޮޓޮކޯލްއާއި ޚިލާފަށް ދެކުނުއޭޝިއާގެ ފަތުރުވެރިންނަށް ޚިދުމަތްދިން 3 ގެސްޓްހައުސްގެ ހުއްދަ ސަސްޕެންޑް ކޮށް، މާލޭ ސަރަޙައްދުގެ އިތުރު 3 ގެސްޓް ހައުސް އަކަށް ވާނީ އިންޒާރު ދީފައި." ފަތުރުވެރިކަމާބެހޭ ވުޒާރާއިން ބުނެފައިވެއެވެ.



ހުއްދަ ބާތިލުކުރި ގެސްޓް ހައުސްތަކުގައި ތިބި ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް އެ މީހުންގެ ސްޓޭ، ރިސޯޓުތަކަށް ބަދަލު ކުރުމުގެ ފުރުސަތު މިހާރު ވަނީ ދީފަ އެވެ. ސްޓޭ ބަދަލު ނުކުރާ ނަމަ އެ ފަތުރުވެރިން އަނބުރާ ޤައުމަށް ފޮނުވާލާނެއެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުގެ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓްހައުސްތަކަށް ޗެކްއިންވެ, އެތަންތަނުގައި ޗުއްޓީ ހޭދަކުރުމަށް ރާއްޖެއަށް އާދެވޭނީ މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން ކަމަށް މީގެ ކުރިން ސަރުކާރުން ވަނީ އިއުލާނުކޮށްފައެވެ. ސަރަހައްދުގެ ގައުމުތަކުގެ ފަތުރުވެރިންނަށް ރާއްޖެ އާދެވޭނީ ނެގަޓިވް ޕީސީއާރު ޓެސްޓު ރިޒަލްޓަކާއެކުގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން