ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު
ރާއްޖެއަށް އެންމެބޮޑު ތަރައްޤީއެއް ގެނައީ އެމްޑީޕީން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު މިރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ތެރޭގައި މިހާރު އުފެދިފައިވާ ބައިބައިވުންތަކާ ގުޅިގެން ޓީވީ ޕްރޮގްރާމެއްގައި މިރޭ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވީ އެމްޑީޕީ ބައިބައިވެފައިވާ ކަމަށް އަދިވެސް ޤަބޫލު ނުކުރަށްވާ ކަމަށެވެ. އަދި އެފަދަ ގޮތަކަށް ޤަބޫލު ކުރަށްވާނީ އެމްޑީޕީގެ ޤައުމީ މަޖިލީހުން އެފަދަ ނިންމެވުމެއް ނިންމުމުން ކަމަށާއި، ޚިޔާލުތަފާތުވުން ބޮޑު ނަމަވެސް ޤައުމީ މަޖިލީހުން ޕާޓީ ބައިބައިވިޔަނުދީ ޙައްލު ކުރާނެ ކަމަށެވެ.

މޫސަ ވިދާޅުވީ، ރައީސް ޞާލިޙަކީ އެމްޑީޕީގެ މެންބަރުން ވޯޓުލައިގެން ގެނައި ރައީސް ކަމަށާއި، މިއަދު ރައީސް ޞާލިޙް އެކަނިވާން ދޫކޮށްލެވެން ނެތް ކަމަށެވެ. އަދި ދަޢުލަތުގެ ވެރިކަން އެމްޑީޕީއަށް ލިބިފައިމިވަނީ ދެވަނަ ފަހަރަށް ކަމަށާއި، ކުރީފަހަރުގެ ތަޖުރިބާއަށްބަލައި މިފަހަރު، މި ވެރިކަން އެމްޑީޕީގެ އަތުން ބީވާން ފުރުސަތުދީގެން ނުވާނެ ކަމަށެވެ.

އެމްޑީޕީގެ ކާމިޔާބުތަކަށް އަލިއަޅުވާ ލައްވަމުން މޫސަ ވިދާޅުވީ، މިރާއްޖެއަށް އެންމެ ބޮޑެތި ތަރައްޤީ ގެނައީ ރައީސް ނަޝީދުގެ ވެރިކަމުގައި އެމްޑީޕީން ކަމަށެވެ. ނަމަވެސް އެއީ ރައީސް ނަޝީދުގެ އެކަނި މަސައްކަތް ނޫން ކަމަށާއި، އެކަމުގައި ގިނަ ބައެއްގެ ޙިއްސާ އެކުލެވޭ ކަމަށް މޫސަ ވިދާޅުވިއެވެ.

"އަޅުގަނޑު ގޮންޖަހާފަ ދަންނަވާލާނަން އަޅުގަނޑުމެން ގެނައިވަރުގެ ތަރައްޤީއެއް އެއްވެސް ބަޔަކަށް މިރާއްޖެ އަކަށް ނުގެނެވޭ. ވަރަށް ފަޚުރުވެރިކަމާއެކު މި ދަންނަވަނީ. އަޅުގަނޑުމެން އެމްޑީޕީގެ މަސައްކަތުން މިއަދު ރާއްޖޭގެ އެއްވެސް ރައްޔިތެއް ނުހުންނާނެ ބޭސް ފަރުވާ ނުލިބޭ، ޢިމާރާތެއްތޯ ބޭނުންވަނީ؟" ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީންގެ ކެމްޕޭންގައި އިސްކޮށް އުޅުއްވި ރީކޯ މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވި، އެމްޑީޕީގެ ތަރައްޤީގެ ލިސްޓު ވަރަށް ދިގު ކަމަށާއި، މިއަދު ބޭސް ފަރުވާއަށް ސަލާންޖަހަން ނުޖެހޭނެ ކަމަށެވެ. ގެދޮރުވެރިކަމުގެ ސިޔާސަތަކީވެސް އެމްޑީޕީގެ ސިޔާސަތެއް ކަމަށާއި، އެކަނިވެރި މައިންނާއި އުމުރުން ދުވަސްވީ މީހުންނަށް ޕެންޝަން ދޭން ނިންމީވެސް އެމްޑީޕީން ކަމަށް މޫސަ ވިދާޅުވިއެވެ. މޫސަ ވިދާޅުވީ ދަޢުލަތުގެ ޢާމްދަނީ އިތުރުވެގެން ދިޔައީ އެމްޑީޕީން ގެނައި ޓެކްސްގެ ނިޒާމުގެ ސަބަބުން ކަމަށެވެ.

"އަޅުގަނޑުމެން ޓެކްސްގެ ނިޒާމް ތަޢަރަފްކުރީ، ކޮންމެ މީހަކު އަނގަފުޅާކޮށްފައި ބުނާނެ ދަޢުލަތަށް ލިބޭ ޓެކްސް އޭ. ކުރީގަ ލިބޭ އެއްޗެއް އެއްވެސް މީހަކަށް ނޭނގޭނެ. މައުމޫން ދައުރުގަ ބިސްމިއްލާހިއްރަޙްމާނިއްރަޙީމް. މަޖިލީސް ނިމުނީ، ބަޖެޓް ފާސްވީ. ފާސްވީ ކޮންއެއްޗެއްކަންވެސް ނޭނގޭނެ." އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރުކަން ކުރެއްވި މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ، ދެދައުރަށް ވެރިކަން ކުރެވޭގޮތަށް ޤާނޫނު އަސާސީއަށް ބަދަލުގެނައީ އެމްޑީޕީގެ މަސައްކަތުން ކަމަށާއި، 18 އަހަރުގެ ޒުވާނުންނަށް ވޯޓުލެވުނީވެސް މަޖިލީސް ތެރޭގައި އެމްޑީޕީން މަސައްކަތް ކޮށްގެން ކަމަށެވެ. އަދި ހައްޔަރުކުރާ މީހުންނަށް ރައްކާތެރިކަމެއް ހޯދައިދިނީ އެމްޑީޕީން ކަމަށާއި، ކުރިން ޖަލަށް ގެންދާ މީހުންނަށް ވާނުވާ ތިންމަސް ވާއިރު ޢާއިލާއަށްވެސް ނޭނގޭނެ ކަމަށެވެ.

ބްރިޖަކީވެސް ބޮޑުކަމެއް ކަމަށާއި، އުސްޢިމާރާތްވެސް ބޭނުން ކަމަށާއި ނަމަވެސް ސަލާންޖަހަން އުޅުނު ރައްޔިތުންނަށް މިއަދު އާދެވިފައި ތިބި ހިސާބު ވިސްނާލަންޖެހޭ ކަމަށް މިރޭގެ ޕްރޮގްރާމްގައި މޫސަ ވިދާޅުވިއެވެ. އެހެންކަމުން ރައީސް ނަޝީދުވެސް އެމްޑީޕީން ޤައުމަށް ގެނައި ތަރައްޤީ ފަހަތަށް ސޮއްސާލަން ޖާގަ ނުދެއްވުމަށް މޫސަ ވަނީ ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ހަސަނު

21-Jul-2021

މޫސަ ބުނަން އެމްޑީޕީ ވެރިކަމުގައި ރައްޔިތުން ނިކަމެތިކޮށްލުން ފިޔަވައި އެހެން އެއވެސް ކަމެއް ނުވޭ. އެކަމަކު އަންނިގެ ރައީސް ކަމުގައި ކަލެޔަށްސީދާ ޑޮލަރުން 22 މިލިއަން ދީފައިވޭ. މިއީތަ ތިޔަބުނާ ކުރިއެރުމަކީ؟


-1

އީސާ

21-Jul-2021

ސަރުކާރުން އެބަޖެހޭ ވަރުގަދަ މަގާމެއް ހަވާލުކޮއްލަން. އާސަންދައިން ބޭރައްފޮނުވިއަސް ނިދުމަޝާ ކެއުމައް ސަލާން ޖަހަންޖެހޭ. ރާއްޖެ ތެރޭން މާލެ އަންނަމީހުން އާސަންދައިގަ މާލެއާދެވުނަސް އެހެނިހެން ކަންތައްތަކައް މިހާރުވެސް ސަލާންޖަހަންޖެހޭ. މިޤައުމައް ބޭނުމީ އިޙުލާސްތެރިން.



ޓްރެންޑިން