ޝައިޚް ޢަލީ ޒައިދު
ޝައިޚް ޢަލީ ޒައިދު
ޢަދާލަތު ޕާޓީއަށް ގަޅި އުކަނީ އެޕާޓީއަކީ މޭވާ އަޅާ ގަހަކަށް ވާތީ ކަމަށް އެޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ މެންބަރު ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚް ޢަލީ ޒައިދު މިމޭރުމުން ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ނިންމެވުންތައް މޮނޮޕޮލައިޒްކޮށްފައިވަނީ، ނުވަތަ ހިޞާރުކޮށްފައިވަނީ އަދާލަތު ޕާޓީން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ތުހުމަތު ކުރެއްވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ މިސަރުކާރު ކޯލިޝަނުގެ ކުޑަ ބައިވެރިއެއް ކަމުގައިވާ އަދާލަތު ޕާޓީއަށް ރައީސް ޞާލިޙުގެ ނިންމެވުންތައް މޮނޮޕޮލައިޒްކުރުމުގެ ފުރުޞަތު ދެއްވުމުން، ކޯލިޝަނުގެ ތަބީއަތަކީ ދިވެހިރާއްޖޭގައި އޮތް ނިޔާބީ (ރެޕްރެޒެންޓޭޓިވް) ޑިމޮކްރަސީގެ ހުރިހާ އުސޫލުތަކާ ޚިލާފު ތަބީއަތެއްކަން ހާމަވި ކަމަށެވެ.

އެކަމާ ގުޅިގެން ޝައިޚް ޢަލީ ޒައިދު ވިދާޅުވީ، ޢަދާލަތު ޕާޓީއަށް ގަޅި އުކަނީ އެޕާޓީއަކީ މޭވާ އަޅާ ގަހަކަށް ވާތީ ކަމަށާއި، ﷲ ގެ ރަޙްމަތާއެކު އެޕާޓީ ދަނީ ކުރިޔަށް ކަމަށެވެ. އަދި ޙަސަދަވެރިންގެ ޙަސަދައިގެ ސަބަބުން އެޕާޓީއަށް ލިބޭނެ ގެއްލުމެއް ނެތްކަމަށް ޒައިދު ވިދާޅުވިއެވެ.

"ޙަސަދަވެރިން ވާނީ ބޭޒާރު! ޙަސަދަލީލީހެން ވާނީ ބަލި! މީ ދުނިޔެ ދައްކާ ޙަޤީޤަތް! ވިސްނާ ފިކުރުކުރުން ހުރި!" ރައީސް ނަޝީދަށް އަބަދުވެސް ވަރަށްބޮޑަށް ފާޑު ވިދާޅުވާ ސަރުކާރު ކޯލިޝަންގެ 20 އިންސައްތަ ހިއްސާކުރާ ޢަދާލަތު ޕާޓީގެ ޝައިޚް ޒައިދު ވިދާޅުވެފައިވެއެވެ.

ރައީސް މުހަންމަދު ނަޝީދުގެ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ރައްޔިތުން ތަނަވަސް އަޣުލަބިއްޔަތަކުން ވޯޓުދިނީ އެމްޑީޕީން މިނިވަންކަމަށް ކުރާ ލޯތްބާއި، ދިވެހިންގެ ދިރުންހުރި ސަގާފަތާއި ތަރިކައަށް ކުރާ ލޯތްބާއި އެ ޕާޓީގެ އުސޫލުތަކަށް ކަމަށެވެ. އަދި ކޯލިޝަން ޕާޓުނަރުންގެ އެހީގައި އެމްޑީޕީއަށް ސިޔާސީ ކުރިއެރުން ހާސިލުވި ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ސަރުކާރު ކޯލިޝަންގެ ބޮޑު ޙިއްސާއެއް އަދާލަތުޕާޓީއަށް ދީފައިވާއިރު، އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ވާގޮތުން އެޕާޓީގައި މިވަގުތު ތިބީ 6650 މެންބަރުން ނެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ކުރޮޅިމޫސަ

21-Jul-2021

ގަނެވިށްކާދަށްނަބޭކަލުނގިނައީ


-1

ކުރޮޅިއާދަނު

21-Jul-2021

މިރާޖޭގަރަނގަޅުސޭހުންނެށްނެތްގިނައިންތިބީގަނެވިށްކާ



ޓްރެންޑިން