ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ޕީޕީއެމް އާއި ގުޅިވަޑައިގަތް ޙަފްލާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ޕީޕީއެމް އާއި ގުޅިވަޑައިގަތް ޙަފްލާގެ ތެރެއިން
އަބަދުވެސް ވަޔާއެއްކޮޅަށް ދުއްވުމަކީ އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކުގެ އާދައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ މެންބަރު ޙުސައިން ފިރުޝާން ވިދާޅުވެއްޖެއެވެ.

ސަރުކާރު ކޯލިޝަންގެ 40 އިންސައްތަ ޙިއްސާކުރާ މައިނޯރިޓީ ޕާޓީ, އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވެރިކަމުގެ "ދަހިވެތިކަމުގެ މަޅީގައި ބަނދެވެމުންދާ ކަމަށް" ވިދާޅުވެ އެޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު، ރައީސް ނަޝީދަށް ފޮނުއްވި ހުޅުވާލެވިފައިވާ ސިޓީއާ ގުޅިގެން ދެފެކްޝަނަށް ބައިވެފައިވާ އެމްޑީޕީގެ މަޖިލިސް މެންބަރު ފިރުޝާން ވިދާޅުވީ، އަބަދުވެސް ވަޔާއެއްކޮޅަށް ދުއްވުމަކީ އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކުގެ އާދައެއް ކަމަށެވެ.

ރައީސް ޔާމީން ދެވަނަ ދައުރަކަށް ވެރިކަމަށް އިންތިޚާބު ކުރުމަށް 2018 ވަނަ އަހަރު ބުރަކޮށް މަސައްކަތް ކުރެއްވި މޫސަ އެމްޑީޕީއާއި، ރައީސް ޞާލިޙަށް ހެޔޮ އެދިވަޑައިގެން މިހާރު ދައްކަވާ ވާހަކަތަކަށް ރައްދު ދެއްވަމުން މެންބަރު ފިރުޝާން ވިދާޅުވީ، މޫސަ އަކީ "އަބަދުވެސް ގިނައިން ލިބޭކޮޅަކަށް" ސިޔާސީ މިސްރާބު ގެންގުޅުއްވާ ބޭފުޅެއް ކަމަށެވެ.



ރައީސް ނަޝީދަށް ފޮނުއްވި ސިޓީގައި މޫސަ ވިދާޅުވީ، އެމްޑީޕީ އުފެދުނީ ރައްޔިތުންގެ އަޑުއަހާ ރައްޔިތުންނާއި ގާތުން ރައްޔިތުން އެދޭ ގޮތަށް ގައުމު ހިންގުމަށް ކަމަށެވެ. އެމްޑީޕީ ވެރިކަމުގައި އޮވެ ދެވަނަ ފަހަރަށް ޕާޓީގެ ވެރިކަން ބަޣާވާތްކޮށް ވައްޓާލުމުގެ މޭސްތިރިއަކަށް ޕާޓީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވެވަޑައިގަތުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް މޫސަ ވިދާޅުވިއެވެެ.

މޫސަގެ އިތުރުން އެމްޑީޕީގެ ކުރީގެ ނާއިބު ރައީސް އަދި ރައީސް ޔާމީން ދެވަނަ ދައުރަކަށް ވެރިކަމަށް ގެންއުމަށް އިސްކޮށް މަސައްކަތްކުރެއްވި އަލްހާންވެސް މިހާރު ރައީސް ޞާލިޙަށް ތާޢީދުކޮށް ދައްކަވާ ވާހަކަތަކަށް އެމްޑީޕީގެ އުނގޫފާރު ދާއިރާގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު ވަހީދުވެސް ވަނީ ރައްދު ދެއްވާފައެވެ.

އެގޮތުން މެންބަރު ވައްޑެ ވިދާޅުވީ، "އެމްޑީޕީއަކީ ޗޮއިސް އެއް ނޫން" ކަމަށް ވިދާޅުވި ބޭފުޅުން މިއަދު އެމްޑީޕީއަށް މާ ހެޔޮ އެދިގެން އުޅުއްވާ ސަބަބު ވިސްނިވަޑައި ނުގަންނަވާ ކަމަށެވެ.



އެމްޑީޕީގައި ގިނަދުވަސް ތަކެއް ވަންދެން ވަރަށް ހިތްވަރާއެކު ސިޔާސީ މަސައްކަތް ކުރެއްވުމަށްފަހު އެޕާޓީން ވަކި ކުރުމުން ކުޑަދުވަސްކޮޅަކު ޕީޕީއެމާއެކު ވެސް މަސައްކަތް ކުރެއްވި މޫސާ މަނިކު އިއްޔެ ވިދާޅުވީ ސަރުކާރު ހިންގާ އެމްޑީޕީގެ ވެރިކަން ބަޣާވާތަކުން ވައްޓާލާ ރައީސް އިބްރާހިމް މުހަންމަދު ޞާލިޙް ހަވަރަށް ދިނުމަށް ކުރާ މަސައްކަތަށް ޖާގަ ނުދެއްވާނެ ކަމަށެވެ.

މީގެއިތުރުން އެމްޑީޕީން ވަކި ކުރުމުން ޖުމްހޫރީ ޕާޓީގެ ނައިބުރައީސްކަން ކުރެއްވުމަށްފަހު، ޕީޕީއެމްގައިވެސް އިސްކޮށް މަސައްކަތް ކުރަށްވައި މިހާރު އެޕާޓީން ވަކިވެވަޑައިގެންފައިވާ އަލްހާން ރޭ ވިދާޅުވެފައިވަނީ، އެމްޑީޕީ ހިސޯރު ކޮށްގެން އުޅުއްވަނީ ރައީސް ނަޝީދު ކަމަށާއި، ޕީޕީއެމް ހައިޖެކް ކޮށްގެން އުޅުއްވަނީ ރައީސް ޔާމީން ކަމަށެވެ. އަދި މި ސިސްޓަމްގެ ތެރޭގައި އެހެން މީހަކަށް ފުރުސަތު ނެތުމަކީ މައްސަލައެއް ކަމަށް އަލްހާން ވަނީ ވިދާޅުވެފައެވެ.

މިފަހަކަށް އައިސް އަލްހާން ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާއިރު ދެބައިވެފައިވާ އެމްޑީޕީގެ ދެ ފިކުރުގެ ތެރެއިން އަލްހާން ބޮޑަށް ބުރަވެވަޑައިގަންނަވާތަން ފެންނަނީ ރައީސް ޞާލިހުގެ ފިކުރަށެވެ. އެގޮތުން އެމްޑީޕީގެ ރައީސްގެ އިތުރުން އިދިކޮޅު ޕީޕީއެމްގެ ލީޑަރ ކުރީގެ ރައީސް، ރައީސް ޔާމީނަށް ވެސް އަލްހާން ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ.

ކުރީގެ މަޖިލިސް މެންބަރު އަލްހާން ފަހުމީ މިފަހުން ވާދަކުރަށްވާފައިވާ އިންތިޚާބުތަކުގައި ވާދަކުރަށްވާފައި ވަނީ އެއްވެސް ޕާޓީއަކާއި ގުޅިވަޑައިނުގެން އަމިއްލަ ގޮތުން ކަމަށްވާއިރު އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ މާލޭގެ މޭޔަރު ކަމުގެ ގޮނޑިއަށް ވާދަކުރަށްވައިގެން އޭނާއަށް ލިބިވަޑައިގެންނެވީ 275 ވޯޓެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ޢާދި

21-Jul-2021

ތީ މިހާރު 2 ޖަމަލު ފޮޑި



ޓްރެންޑިން