މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (ކ) އާއި، އަލްހާން ފަހުމީ (ވ)
މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (ކ) އާއި، އަލްހާން ފަހުމީ (ވ)
އެމްޑީޕީއާއި ޖުމްހޫރީ ޕާޓީގެ ކުރީގެ ނާއިބުރައީސް އަލްހާން ފަހުމީ ގެންދަވަނީ ޓެރަރިޒަމަށް ހިތްވަރު ދެއްވަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

ރޭ ކުރިއަށްދިޔަ ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އަލްހާން ވިދާޅުވީ، މާމައްޗަށް ކަންތައްތައް ނުދަނީސް ރައީސް ނަޝީދު މައިތިރިވާން ޖެހޭ ކަމަށެވެ. އަދި ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ޙަމަލާއަކީވެސް ރައީސް ނަޝީދުގެ ސަބަބުން ކުރިމަތިވީ ޙަމަލާއެއް ކަމަށް އަލްހާން ވަނީ ވިދާޅުވެފައެވެ.

އަލްހާންގެ އެވާހަކަތަކަށް ރައްދު ދެއްވަމުން މާފަންނު އުތުރުދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ، އިންތި ވިދާޅުވީ، އަލްހާން ދެއްކެވީ ސީދާ ޓެރަރިޒަމަށް ހިތްވަރު ލިބޭ ފަދަ ވާހަކަތަކެއް ކަމަށާއި، މީހަކު މަރަން ބޮން ގޮއްވަންޖެހޭ އެއްވެސް ސަބަބެއް އަދި ހުއްޖަތެއް ނޯންނާނެ ކަމަށެވެ. އަދި އަލްހާން ދެއްކެވީ ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނާ ޚިލާފު ވާހަކަތަކެއް ކަމަށް އިންތި ވިދާޅުވިއެވެ.



ރޭގެ ޕްރޮގްރާމްގައި އަލްހާން ވިދާޅުވީ، ރާއްޖޭގައި ދީނީ ހައްދުފަހަނައެޅުން އުފެދުމުގެ އެއް ސަބަބަކީ ރައީސް ނަޝީދު ރާއްޖެއަށް ހުޅަނގުގެ ސަޤާފަތް ތަޢާރަފްކުރަށްވަން މަސައްކަތް ކުރެއްވުން ކަމަށެވެ. އަދި ރައީސް ނަޝީދު އެގޮތަށް ވާހަކަ ދައްކަވާނަމަ ދީނީގޮތުންވެސް ބަޔަކު އެކަމަށް "ދިމާކުރާނެ" ކަމަށް އަލްހާން ވިދާޅުވިއެވެ.

"ރައީސް ނަޝީދު އެމީހުން ޓްރިގަރ ކުރަނީ. އެހެންވެ އަޅުގަނޑު ދަންނަވަނީ ރައީސް ނަޝީދުގެ ސަބަބުންނޭ އެ ބޮން ގޮވަން ޖެހުނީ." އަލްހާން ވިދާޅުވިއެވެ. އަލްހާން ވިދާޅުވީ، ރައީސް ނަޝީދު ދަޢުލަތުގެ ސިފައިން ފަހަތުގައި ބައިތިއްބައިގެން ދީނާ ޚިލާފު ވާހަކަ ދައްކަވާނަމަ "އެކަން ހިނގާނީ އެހެން" ކަމަށެވެ.

ޓީވީ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން، ޑީއާރުޕީން ސިޔާސީ ޙަޔާތް ފަށްޓަވައި، އޭރުގެ ޚާރިޖީ ވަޒީރު ޑރ. އަޙްމަދު ޝަހީދުގެ އިތުބާރު ނެތްކަމުގެ ވޯޓުގެ ދުވަސްވަރު އެމްޑީޕީއަށް ބަދަލުވެވަޑައިގެން، އެމްޑީޕީއާއި، ޖުމްހޫރީ ޕާޓީގެ ނައިބު ރައީސްކަން ކުރެއްވި އަލްހާން ފަހުމީ ވިދާޅުވީ، ރައީސް ނަޝީދު އުޅުއްވާގޮތުން ޑިމޮކްރަސީ އަކީ ކޯޗެއްކަން އޮޅޭހިސާބަށް ހިނގައްޖެ ކަމަށެވެ. އެހެންކަމުން "ސިސްޓަމް ރިސެޓްކޮށް ސިސްޓަމުން ރައީސް ނަޝީދު ބޭރުކުރަން ޖެހޭ ކަމަށާއި، މުޅި ސިސްޓަމުން ރައީސް ނަޝީދު އަންއިންސްޓޯލް ކުރަންޖެހޭ" ކަމަށް ފަހުން ޕީޕީއެމްގައިވެސް މަސައްކަތް ކުރެއްވި އަލްހާން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން