ރައީސް ޔާމީންގެ ވަކީލުންގެ ޓީމް. ލޯޔަރު އާސިފް (ވާތުން ތިންވަނަ އަށް)
ރައީސް ޔާމީންގެ ވަކީލުންގެ ޓީމް. ލޯޔަރު އާސިފް (ވާތުން ތިންވަނަ އަށް)
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކުރަށްވަނީ ޤައުމީ ޖިހާދެއްކަމަށް ރައީސް ޔާމީނުގެ ދިފާއީ ވަކީލުންގެ ޓީމުގައިވެސް ހިމެނިވަޑައިގަންނަވާ ވަކީލް އާސިފް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ މިސްރާބު މިހާރު ހުރިގޮތުން އެމްޑީޕީއާއި ޕީޕީއެމް އިއްތިހާދުވުމަށް ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީންގެ އެހީތެރިކަމަށް އެދުމަކީ ރާއްޖެއަށާއި އަދި އެމްޑީޕީއަށްވެސް އެންމެ ރަނގަޅު ގޮތް ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ލޯޔަރު އާސިފް ވިދާޅުވީ، މި ސަރުކާރުން ކުރާ ވައްކަންތަކާއި ދެކޮޅަށް ރައީސް ނަޝީދު ކުރައްވަމުން ގެންދަވަނީ މަތިވެރި ޖިހާދެއް ކަމަށާއި، އެކަމަށް ފުރިހަމައަށް ތާއީދު ކުރަށްވާ ކަމަށެވެ.

އަދި "ސަރުކާރަށް ރައީސް ނަޝީދު ގޯސްވީ އެމްއެމްޕީއާރްސީގެ ލިސްޓް އިޢުލާން ކުރެއްވި ހިސާބުން" ކަމަށް އާސިފް ވިދާޅުވިއެވެ.



ރައީސް ނަޝީދުގެ އެ ވާހަކަފުޅަށް ތާއިދު ކުރައްވާކަން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވެސް ވަނީ ހާމަކުރައްވާފައެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ސިޔާސީ ގޮތުން މިހާރު ފިކުރުދިމާނުވާ ކަމަށާއި، ސިޔާސީ ގޮތުން އެމަނިކުފާނާ އެކީގައި މިހާރު ހުންނެވެން ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވުމުން ޕީޕީއެމްގެ އެޑްވައިޒަރ އަދި ރައީސް ޔާމީންގެ ދިފާޢީ އިސް ވަކީލް ޑރ. ޖަމީލް ވަނީ "ރައީސް ނަޝީދަށް ސާބަސް" ދެއްވާފައެވެ.

އެހެން ނަމަވެސް ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ އެޕާޓީގެ ސިޔާސީ ފިކުރާއި ރައީސް ނަޝީދުގެ ސިޔާސީ ފިކުރު "އުޑާއި ބިމާހާ ތަފާތު" ކަމަށެވެ. އެހެންކަމުން ރައީސް ނަޝީދާއި އެކުގައި މަސައްކަތް ކުރެވޭނެ ޖާގަ އެއް ނެތް ކަމަށް ޝިޔާމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


8

ފާރޫޤް

21-Jul-2021

ޥަގުން ހިފަން ވަގުންނާޢި ބައިވެރިވުން ގޯހެއްނޫން



ޓްރެންޑިން