ހައުސިންގ މަޝްރޫޢުތަކުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ހައުސިންގ މަޝްރޫޢުތަކުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އުތުރުގެ ހައުސިން މަޝްރޫޢުތަކެއް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން، އާރްސީސީއަދި ދޮންބެޒް ޕްރައިވެޓް ލިމިޓަޑާއި ސަރުކާރުން މިއަދު ޙަވާލުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު (ދޮންބެ)ގެ، ދޮންބެޒް ޕްރައިވެޓް ލިމިޓަޑަކީ މި ސަރުކާރުން ގިނަ މަޝްރޫޢުތަކެއް އެވޯޑުކޮށްފައިވާ ކުންފުންޏެކެވެ. އެގޮތުން ކުޅުދުއްފުށީގައި 105 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް މި އަހަރުގެ އޭޕްރީލުގައި އެ ކުންފުންޏާ ސަރުކާރުންވަނީ ހަވާލުކޮށްފައެވެ.

މިއަދު ސަރުކާރުން ދޮންބެޒް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފައިވަނީ، ހދ. ހަނިމާދޫގައި 2011 ވަނަ އަހަރު ފަށާފައިވާ ހައުސިންގ މަޝްރޫޢުގައި ހިމެނޭ 52 ޔުނިޓުގެ މަސައްކަތުގެ ނުނިމިހުރި މަސައްކަތް ނިންމާ އަލަށް ތަރައްޤީކުރަން ހަމަޖެހިފައިވާ 48 ހައުސިންގ ޔުނިޓުގެ މަސައްކަތެވެ. 79 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް މިދެމަޝްރޫޢުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ 11 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.



މިއަދު ބޭއްވި ރަސްމިއްޔާތުގައި ހައުސިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ވިޝާން ނަސީމެވެ. ދޮންބެޒް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރައްވާފައިވަނީ ކުންފުނީގެ ހެޑް އޮފް އޮޕަރޭޝަންސް އަލީ ހަމްދޫނެވެ.

ސަރުކާރުން މިއަދު ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަނާއި ޙަވާލުކޮށްފައި ވަނީ ހދ. ނޮޅިވަރަންފަރުގައި 2011 ވަނަ އަހަރު ތަރައްޤީކުރަން ފަށާފައިވާ 100 ހައުސިންގ ޔުނިޓުގެ މަސައްކަތެވެ. ޕީއެސްއައިޕީ ބަޖެޓުން 53 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން މިމަޝްރޫޢުގައި ނުނިމިހުރި މަސައްކަތް އެކުންފުންޏާ ޙަވާލުކޮށްފައިވަނީ 8 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.



މިމަސައްކަތުގެ އެއްބަސްވުމުގައި އެކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ، ޕްރޮޖެކްޓްސް އާދަމް ރަޙީމެވެ.

ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމްގެ ޢާއިލީ ވިޔަފާރި ކުންފުނި، އާރްސީސީއާއި ދާދިފަހުން ވަނީ ހުޅުމާލޭގައި ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ހައުސިންގ ޔުނިޓްތަކެއް ތަރައްގީ ކުރުމަށް ވެސް ހަވާކުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން