އެޗްޕީއޭގެ ޤަވާޢިދާ ޚިލާފްވި ގެސްޓްހައުސްތަކަށް ފިޔަވަޅު އެޅުމުން ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން އެކަމަށް މަރުހަބާ ކިޔައިފިއެވެ.
ދެކުނުއޭޝިއާ ސަރަޙައްދުގައި ކޯވިޑް-19 ފެތުރެމުންދާ މިންވަރަށް ބެލުމަށް ފަހު އެޗްޕީއޭއިން ނިންމާފައިވަނީ، މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކަށް ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ޗެކްއިން ނުވެވޭނެ ކަމަށެވެ. އެހެން ނަމަވެސް ރިސޯޓުތަކަށް ޗުއްޓީއަށް އަންނަ ފަތުރުވެރިންނާއި ރާއްޖެއިން ފުރާ ފަތުރުވެރިންނަށް ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ, މާލޭގައި ހުންނަ ގެސްޓްހައުސްތަކުގައި ޓްރާންސިޓު ކުރެވޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ގޭމްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދެކުނު އޭޝިއާގެ ގިނަ ގައުމުތަކުގައި ކޮވިޑުގެ ހާލަތު އިންތިހާއަށް ގޯސްވުމާއެކު އެ ސަރަހައްދުން ޓޫރިސްޓުން އައުން މަނާކޮށްފައި އޮތުމަށްފަހު، މިމަހުގެ 30 ވަނަ ދުވަހުން ފެށިގެން އެ ހުއްދަ ދޭން ސަރުކާރުން ނިންމާފައިވަނިކޮށް އޭގެ ކުރިން އެ ސަރަހައްދުގެ ފަތުރުވެރިންތަކަކަށް މާލެ ސަރަހައްދުގައި ހުރި ގެސްޓްހައުސްތަކަކުން ހިދުމަތް ދިން ކަން ހާމަވެފައިވާ ކަމަށެވެ.
އަދި އެ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ސަރުކާރުން ނިންމުމުން އެކަމަށް މަރުޙަބާ ކިޔާ ކަމަށާއި، ހުރިހާ ފަރާތްތަކުންވެސް އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް ޢަމަލު ކުރުމަށް "ގޭމް" އިން ވަނީ އިލްތިމާސް ކޮށްފައެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާއިން އިއްޔެ ބުނެފައިވަނީ ، ދެކުނު އޭޝިއާގެ ޓޫރިސްޓުންނަށް ގަވައިދާ ހިލާފަށް ހިދުމަތް ދެމުން ދިޔަ ތިން ގެސްޓް ހައުސްއެއްގެ ހުއްދަ އެ ވުޒާރާއިން ސަސްޕެންޑް ކޮށްފައިވާ ކަމަށާއި، އެއީ ހުޅުމާލޭގައި ހިންގާ ތިން ގެސްޓްހައުސް ކަމަށެވެ.
ދާދިފަހުން ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މައުސޫމްވެސް ވިދާޅުވެފައިވަނީ، ގެސްޓްހައުސްތައް ބަންދުކުރުމަކީ ހައްލެއްނޫން ކަމަށާއި، ބަންދުކުރަން ބޭނުންވެސް ނޫން ކަމަށެވެ. އެހެނަސް ޗެކުކުރާއިރު ފާސްނުވެއްޖެނަމަ، ބަންދުކުރުން ނޫންގޮތެއްނެތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު