ކޯވިޑް-19 އާ ގުޅިގެން މޮނިޓަރިންގެ ޙާލަތަށް ގެންގޮސްފައިވާ އައްޑޫ ސިޓީ އާއްމު ޙާލަތަށް ބަދަލުކޮށްފިއެވެ.
މިދިޔަ މެއި މަހުން ފެށިގެން އައްޑޫ ސިޓީގެ ގިނަ ރަށްތަކެއް އޮތީ މޮނިޓަރިންގައެވެ. ނަމަވެސް ހެލްތު އެމަންޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނީ އައްޑޫ ސިޓީ މޮނިޓަރިންގެ ހާލަތުން ނަގާފައި ވާކަމަށާއި، މިހާރު މޮނިޓަރިންގެ ހާލަތުގައި އޮތީ 14 ރަށެއް ކަމަށެވެ.
އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން އައްޑޫސިޓީން ޖުމްލަ ޕޮޒިޓިވް ވެފައިވަނީ 546 މީހެކެވެ. އެ ސިޓީގައި އެކްޓިވް ކޭސްގެ ގޮތުގައި މިހާރު ތިބީ 70 މީހުންނެވެ. ހޮސްޕިޓަލުގައި އެކަކަށް ދަނީ ފަރުވާ ދެމުންނެވެ.
އައްޑޫއިން ކޮވިޑްގައި ދެ މީހަކު ވަނީ މަރުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު