މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
"ހިޔާ" ފްލެޓްތަކަށް ކަރަންޓް ސަޕްލައި ކުރުމަށް ޗައިނާގެ ސީއެމްއީސީ ކުންފުނިން ކުރިޔަށް ގެންދިޔަ މަސައްކަތް މިއަދު ނިންމާލައިފައިވާ ކަމަށް އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީން ބުނީ ހިޔާ ފްލެޓްތަކަށް ކަރަންޓް ސަޕްލައިކުރުމުގެ މަސައްކަތްކޮށްފައި ވަނީ ސްޓެލްކޯގެ އެހީއާއެކު ކަމަށާއި، ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނައިރު، ކަނެކްޝަންތަކުގެ މަސައްކަތް އެކީ ނިންމައިލެވޭނީ އަންނަ މަހުގެ 17 ވަނަ ދުވަހު ކަމަށެވެ.



މި މަޝްރޫޢުގެ ދަށުން ސްޓެލްކޯއިން ކުރަންޖެހޭ މަސައްކަތްތައް ވެސް އިއްޔެ ވަނީ ނިންމާލާފައެވެ. ސީއެމްއީސީން ވަނީ ހިޔާ މަޝްރޫއުގައި އިމާރާތް ކޮށްފައިވާ 16 ޓަވަރުން ކޮންމެ ޓަވަރަކަށް އެއް ޓްރަންސްފޯމަރާއެކު އިތުރު ޓްރާންސްފޯމަރެއް ވެސް ހިމެނޭ ގޮތަށް ޖުމްލަ 17 ޓްރާންސްފޯމަރު ބަހައްޓާފައެވެ.

ހިޔާ މަޝްރޫއުގެ ދަށުން އިމާރާތް ކޮށްފައިވާ 6,720 ހައުސިން ޔުނިޓުގެ ހައްގުވެރިންނާއެކު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިހާރު ވަނީ ސޮއި ކުރަން ފަށާފައެވެ. ހިޔާ ފްލެޓް ތަކުގެ ފިނިޝިންގެ މަސައްކަތް ކުރުމަށް ތިންމަސް ދުވަހުގެ މުއްދަތެއް ދީފައިވާއިރު، މިތިން މަސްދުވަހުގެ މުއްދަތު ގުނަން ފަށާނީ ކަރަންޓު ދޭ ދުވަހުން ފަށައިގެން ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން