ކޯވިޑްގެ ހާލަތު ގޯސްވެގެން އަރައިފޭބުން މަނާހާލަތުގައި މިހާރު އޮތީ 14 ރަށެއް ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މި 14 ރަށުގެ ތެރެއިން މޮނިޓަރިންގގައި އެންމެ ގިނަ ދުވަސް ވެފައިވާ ރަށަކީ ގދ. ތިނަދޫއެވެ. އެރަށް މޮނިޓަރިންއަށް ލާފައިވަނީ ފާއިތުވެ ދިޔަ އެޕްރީލް މަހުގެ 24 ގައެވެ.

ކޯވިޑްގެ ހާލަތު ގޯސްވެގެން މިއަހަރުގެ މޭމަހު އަރާފޭބުން މަނާކުރީ 5 ރަށެކެވެ. އެއީ ފ. ފީއަލި، ޏ. ފުވައްމުލައް، ގއ. ވިލިނގިލި، އއ. ތޮއްޑޫ އަދި ރ. ދުވާފަރެވެ. މިއަހަރުގެ ޖޫންމަހު ވެސް 3 ރަށެއް ވަނީ މޮނިޓަރިންގއަށް ލާފައެވެ. އެގޮތުން ޖޫންމަހު އަރާފޭބުން މަނާ ކުރާ ހާލަތަށް ގެނައީ ގއ. ކޫއްޑޫ، ހއ. ދިއްދޫ، އަދި ރ. މީދޫ އެވެ.

މީގެއިތުރުން މިހިނގާ ޖުލައި މަހުވެސް ކޯވިޑްގެ ހާލަތު ގޯސްވެގެން 5 ރަށެއް އަރައިފޭބުން މަނާ ހާލަތަށް ގެނައެވެ. އޭގެތެރޭގައި ހިމެނެނީ ކ. ގުރައިދޫ، ށ. ފޯކައިދޫ، ގދ. ނަޑެއްލާ، ކ. ކާށިދޫ އަދި އއ. ރަސްދޫއެވެ.



މާލެ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެ ބަލި ފެތުރޭ މިންވަރު ދަށްވުމާއި ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ވަނީ ވަރަށް ބޮޑަށް ލުއި ދީފައެވެ. މީގެތެރޭގައި ކާފިއު މުޅިން އުވާލައި މާލެއިން އެހެން ރަށްރަށަށް ދަތުރުކުރެވޭ ގޮތަށް މިހާރު ވަނީ ހުޅުވާލާފައެވެ. ނަމަވެސް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރިކަމުގައި ވިޔަސް، މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށްރަށަށް ދަތުރުކުރާނަމަ ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރަންޖެހޭނެ ކަމަށް އައު އުސޫލުގައި ވެސް ބުނެފައިވެއެވެ. އަދި މި ލުއިތަކާއިއެކު ގިނަ ދުވަސްތަކަކަށްފަހު ޗުއްޓީއަށް ގިނައަދަދެއްގެ ބަޔަކު ރަށްރަށަށް ދަތުރުކުރި ނަމަވެސް އެޗްޕީއޭގެ އުސޫލުތަކަށް އަމަލުކުރަމުން ގެންދިއުމަށް އެފަރާތުން ވަނީ އިލްތިމާސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


7

ބަކުރުބެ

21-Jul-2021

މަގޭ ހިތަށް އަރާ ކޮން ދުވަހަކުން ބާއޭ މި މާސްކުގަނޑު ނަގާ އެއްލާލެވޭނީ.. މި ކަރަންޓީންވުމާއި ހުރިހާކަމަކަށްވުރެ މަށަށް މާ އުނދަގޫ ކަމެއް އެއީ.. މިހާރު ބޭރަށް ދާއިރު އޮޅިގެން މާސްކް ނުލައި ނިކުމެވުނަސް ހީވަނީ ކޮންމެހެން ލާން ޖެހޭ ހެދުމުގެ ބައެއް ނުލެވި އައުރަ ފެންނަން އިންނަހެން.. ތެޅިގަނެގެން ބަލާއިރު މާސްކު މިމަދުވަނީ.. ދެން އަވަހަށް އަނެއްކާ ގެއަށް ވަދެ މާސްކް އަޅައިގެން ނިކުންނަނީ.. ނަފްސާނީ ވެއްޖެ މިކަމަކާއި ހެދިގެން



ޓްރެންޑިން