އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް (މ)
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް (މ)
މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި 63 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެމްޓީސީސީ އިން ޢާއްމުކޮށްފައިވާ މިއަހަރުގެ ދެވަނަ ކުއާޓާގެ މާލީ ހިސާބުތައް ދައްކާގޮތުން މި ކުއާޓާގައި އެކުންފުނިން ކޮށްފައިވަނީ 423.32 މިލިއަން ރުފިޔާގެ ވިޔަފާރިއެވެ. މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެ ކުންފުނިން ކޮށްފައިވަނީ 423.01 މިލިއަން ރުފިޔާގެ ވިޔަފާރިއެވެ. ޓެކުހަށް ކެނޑުމުގެ ކުރިން އެމްޓީސީސީއަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނީ 83.08 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރިން އެމްޓީސީސީއަށް ލިބިފައިވަނީ 27 މިލިއަން ރުފިޔާ އެވެ.

ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެމްޓީސީސީއަށް ލިބުނީ 63.04 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި އެކުންފުންޏަށް ލިބުނީ 15 މިލިއަން ރުފިޔާއެވެ.

ޓެކުހަށް ކެނޑުމުގެ ކުރިން އެމްޓީސީސީއަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނީ 82.32 މިލިއަން ރުފިޔާއެވެ. ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނީ 61.68 މިލިއަން ރުފިޔާއެވެ.

މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެމްޓީސީސީން ވަނީ 86 މަޝްރޫއެއްގެ މަސައްކަތްކޮށް، ދެ މަޝްރޫއެއްގެ މަސައްކަތް އެއްކޮށް ނިންމާލައިފައެވެ. އަދި ދެވަނަ ކުއާޓާރުގައި އަލަށް ވަނީ 10 މަޝްރޫއެއްގެ މަސައްކަތް ފަށައިފަ އެވެ. އަދި އިތުރު 9 މަޝްރޫޢެއްގެ މަސައްކަތް އެކުންފުންޏާއި ވަނީ ޙަވާލުކޮށްފައެވެ. އެމްޓީސީސީގެ މިކުއާޓާގެ ހިސާބުތައް ދައްކާގޮތުން ކުންފުނީގެ ހިއްސާއަކަށް މި އަހަރުގެ ދެވަނަ ކުއާޓާރުގައި ޖެހުނު ފައިދާ ވަނީ 7.84 ރުފިޔާއަށް އަރާފައެވެ.

އެމްޓީސީސީގެ މާލީ ހިސާބުތައް ދައްކާގޮތުން އެކުންފުނީގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންގެ ޢަދަދަކީ 1146 އެވެ. އަދި ބިދޭސީންގެ ޢަދަދަކީ 1341 އެވެ. އެ ކުންފުނީގައި ޖުމްލަ 196 އަންހެން މުވައްޒަފުން ދަނީ މަސައްކަތް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


6

ބަކުރުބެ

21-Jul-2021

އެހެންވީމަ އަދިވެސް އެމްޓީސީސީގައި ދިވެހިންނަށްވުރެ ބޭރު މީހުން ގިނައެއްނު. އަނެެއްކާ އަންހެން 200 މުވައްޒަފުންވެސް ހަމަ ނުވޭ. އިސްތިހާރުތައް ފެނިފަ ހީވަނީ ހުސް ދިވެހިން އުޅޭ އަދި ވަރަށް ގިނައިން އަންހެނުން އުޅޭ ކުންފުންޏެެއްހެން.. ހަބަރު ތަކުގައި 2 އަހަރެެެެއްގެ ފުރަތަމަ ކުއާޓަރު އަދި 2 ވަނަ ކުއާޓަރުގެ އަދަދުތައް އޭގެ ކުރީ އަހަރުގެ އެ ޕީރިއަޑްގެ އަދަދުތަކާއި އަޅާ ކިޔާއިރު ޓޭބަލްއެއްގެ ސިފައިގަ ގެނެސްދޭނަމަ ކިޔުންތެރިންނަށްވެސް އަޅާ ކިޔާލަން ފަސޭހަވެފަ މަންޒަރު ފަސޭހައިން ސާފު ވާނެހެން ހީވަނީ. މި ނޫސް އެކަންޏެެއް ނުން.. އެެއްވެސް ދިވެހި ނޫހަކުން އެކަން އެހެން ނުކުރޭ.. އެކަމަކު މުުހިންމު އަދި ލިޔުމުގެ ފެންވަރު މަތިކޮށްދޭނެ ކަމެއް



ޓްރެންޑިން