މިރޭ ޕީޕީއެމް އަށް ސޮއި ކުރެއްވި ރުކުމާ އަޙްމަދު
މިރޭ ޕީޕީއެމް އަށް ސޮއި ކުރެއްވި ރުކުމާ އަޙްމަދު
ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަޙްމަދު އަބްދުލްކަރީމް (ރުކުމާ) އާއި ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު، މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އަދި ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީހް މިރޭ ޕީޕީއެމާ ގުޅިވަޑައިގެންފިއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ތިން ބޭފުޅުންގެ ފޯމް ވަނީ އިދިކޮޅު ޕީއެންސީގެ ލީޑަރު އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) އާއި ހަވާލު ކުރައްވާފައެވެ.

ކުރީގެ މެންބަރު ރުކުމާ އަހުމަދު ވަނީ ނިމިދިޔަ މަޖިލިސް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ހެންވޭރު ދެކުނު ދާއިރާގެ މިހާރުގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) އާއި ވާދަ ކުރައްވާފައެވެ. މާލޭ ސިޓީ ކައުންސިލްގެ ފުރަތަމަ ދައުރުގެ މެމްބަރުކަން ވެސް ކުރެއްވި ރުކުމާ އެމްޑީޕީން ވަކިވީ 2019 ވަނަ އަހަރުއެވެ.



ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ލޯޔަރު ވައްޑެ އަކީ މީގެކުރިން ވެސް ޕީޕީއެމްގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. 2017 ވަނަ އަހަރު އެ ޕާޓީން ވަނީ އޭނާ ވަކިކޮށްފައެވެ. އޭނާ އޭގެ ފަހުން ގުޅިވަޑައިގެންނެވީ ޖުމްހޫރީ ޕާޓީއާއެވެ.



މި ސަރުކާރުގެ ޓެލެކޮމިއުނިކޭޝަން މިނިސްޓަރުކަން ކުރެއްވި މުޙައްމަދު މަލީޙް ޖަމާލް ގެ އިތުބާރުނެތްކަމަށް ފާސްކޮށް މަޤާމުން މިއަހަރުގެ މާރޗް އެއްވަނަ ދުވަހު ވަކިކުރި އިރު އޭނާއަކީ ޖޭޕީގެ މެންބަރެކެވެ. އޭނާ އެޕާޓީން ވަކިވެވަޑައިގެންނެވީ މަޤާމުން ވަކި ކުރި ފަހުން މާރޗް 10 ވަނަ ދުވަހުއެވެ. އޭގެ ފަހުން މަލީޙް ގެންދަވަނީ ސަރުކާރަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


-4

އެހެންތަ

21-Jul-2021

މަހީކުރީ ތީ ކުރިންވެސް ޕީޕީއެމް މީހުންކަމަށް.. މިރޭ ސޮއި ކުރިޔަސް ތީ ކުރިންވެސް އެބައިގެ މީހުން.. ތިކަމަކުން މިވަގުތު ރާއްޖޭގެ ސިޔާސީ ލޭންޑްސްކޭޕަކަށް އަދި ބެލެންސަށް އެއްވެސް ބަދަލެއް ނޫނީ އަސަރެއް ނުކުރާނެ.



ޓްރެންޑިން