ދަޢުލަތުގެ މާލީ ވުޒާރާ
ދަޢުލަތުގެ މާލީ ވުޒާރާ
ކޯވިޑް-19 އާ ގުޅިގެން ކުރިމަތިވި އިގުތިޞާދީ ހީނަރުކަމުގެ ސަބަބުން ވަޒީފާ ގެއްލި އާމްދަނީއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ސަރުކާރުންދޭ އިންކަމް ސަޕޯޓް އެލަވަންސް ދިނުމަށް 421 މިލިއަން ރުފިޔާ ޚަރަދުކޮށްފިއެވެ.

ދަޢުލަތުގެ މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިހާތަނަށް ސަރުކާރުން ވަނީ 22،946 މީހަކަށް 421 މިލިއަން ރުފިޔާގެ މާލީ އެހީ ފޯރުކޮށްދީފަ އެވެ.

ދިވެހިރާއްޖޭގައި އިންކަމް ސަޕޯޓް އެލަވެންސް ދިނުން ކުރިއަށް ގެންދިއުމަށް ވޯލްޑް ބޭންކުންވަނީ އިތުރު 21.6 މިލިއަން ޑޮލަރުގެ އެހީއެއް ރާއްޖެއަށް ފޯރުކޮށްދިނުމަށް ޖަނަވަރީ މަހުގެ 25 ވަނަ ދުވަހު ނިންމާފަ އެވެ. މީގެ އިތުުރުން، އިންކަމް ސަޕޯޓް އެލަވަންސް ސްކީމަށް 2020 ވަނަ އަހަރުގެ ޖޫންގައި ވެސް ވޯލްޑް ބޭންކުން ވަނީ ރާއްޖެއަށް 12.8 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން ދެމުން އަންނަ، އިންކަމް ސަޕޯޓް އެލަވެންސް ދެނީ ކޯވިޑް-19ގެ ސަބަބުން ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށާއި، ނޯޕޭ ލީވްގައި ތިބި ފަރާތްތަކަށާއި، 5000 ރުފިޔާއަށް ވުރެ ދަށަށް މުސާރަ ކުޑަކޮށްފައިވާ ފަރާތްތަކުގެ އިތުރުން، ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން މާލީގޮތުން ބުރޫއަރާ، ލިބޭ އާމްދަނީ 5،000 ރުފިޔާއަށް ވުރެ ދަށްވެފައިވާ ފަރާތްތަކަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން