ކޮވިޑް-19 ފެސިލިޓީއެއްގައި ބަލި މީހަކަށް ފަރުވާދެނީ
ކޮވިޑް-19 ފެސިލިޓީއެއްގައި ބަލި މީހަކަށް ފަރުވާދެނީ
ކޯވިޑް-19 އަށް ޕޮޒިޓިވްވެ ހާލު ބޮޑުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްކުރެވި، ބަލި ޖެހިގެން ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާދެމުންދާ މީހުންގެ އަދަދު 8 އަށް ތިރިވެއްޖެއެވެ.

ކޯވިޑްގެ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެ ހަވީރު 6:00 އަށް ހިނގާދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވަނީ 24 މީހުންނެވެ. އަދި އަތޮޅުތަކުން 145 މީހުން ބައްޔަށް ޕޮޒިޓިވްވެ މުޅި ރާއްޖެއިން ބައްޔަށް ޕޮޒިޓިވް ވެފައިވަނީ 169 މީހުން ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޯވިޑް ފެތުރޭ މިންވަރު ދަށްކުރެވުމުން ދީފައިވާ ލުއިތަކާއެކު ބައްޔަށް ޓެސްޓް ކުރަން ސާމްޕަލް ނަގާ މިންވަރުވެސް މިހާރުވަނީ އިތުރުކޮށްފައެވެ. ނަމަވެސް އިއްޔެ ރާއްޖެއިން ބައްޔަށް ޓެސްޓް ކުރުމަށްޓަކާ ނަގާފައިވަނީ ޖުމްލަ 4932 ސާމްޕަލް ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އިއްޔެ ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ރިސޯޓްތަކުން ޕޮޒިޓިވްވި މިންވަރު ވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެގޮތުން އިއްޔެ ރިސޯޓްތަކުން ޖުމްލަ ފަނަރަ މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު ފަތުރުވެރިންނަށް ޚިދުމަތްދޭ އެހެނިހެން ތަންތަނުން ބައްޔަށް ޕޮޒިޓިވް ވެފައިވަނީ 03 މީހުންނެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިވަގުތު ބަލި ޖެހިފައި ތިބީ 2619 މީހުންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 76188 މީހުންނަށް ވަނީ ކޯވިޑް ޖެހިފައެވެ. އަދި ރާއްޖެއިން ބަލީގައި މިހާތަނަށް 217 މީހަކު ނިޔާވެފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން