ރާއްޖޭގައި ކުރިއަށް ގެންދާ ވެކްސިން ޕްރޮގްރާމްގެ ތެރެއިން
ރާއްޖޭގައި ކުރިއަށް ގެންދާ ވެކްސިން ޕްރޮގްރާމްގެ ތެރެއިން
ކޯވިޑް-19 އިން ދިފާޢުވުމަށް ރާއްޖޭގައި ހިންގާ ވެކްސިން ކެމްޕޭންގައި މިހާތަނަށް 259،761 މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ޢާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 259،761 އަށް އަރައިފައެވެ. އަދި ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ ޢަދަދު މިހާރު ވަނީ 320،887 އަށް އަރައިފައެވެ. ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި، ދެވަނަ ޑޯޒް ނުޖަހާ ތިބި މީހުންގެ އަދަދު 61،126 އަށް އަރައެވެ.

އެޗްޕީއޭއިން ބުނީ މިއަހަރުގެ މެއިމަހު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މިހުންނަށް ދެވަނަ ޑޯޒް ޖެހުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށާއި، އެޕޮއިންޓްމެންޓް ހައްދައިގެން ވެކްސިން ޖެހޭނެ ކަމަށެވެ. ނަމަވެސް ޢީދު ބަންދާ ދިމާކޮށް މާލެ ސަރަހައްދުގައި ވެކްސިން ޖަހައިދިނުން މިވަގުުތު ވަނީ މެދުކަނޑާލާފައެވެ.

ރާއްޖެއިން މިހާތަނަށް ދެމުންއައީ އިންޑިއާގެ ކޮވިޝީލްޑް ވެކްސިނާއި، ޗައިނާގެ ސިނޯފާމް ވެކްސިނާއި، އެމެރިކާގެ ފައިޒާ ވެކްސިނެވެ. ހަމައެއާއެކު ރަޝިޔާގެ ސުޕަޓްނިކް ވެކްސިން ޖެހުމަށްވެސް އެޗްޕީއޭއިން ވަނީ ހުއްދަ ދީފައެވެ.

މީގެއިތުރުން ސިންގަޕޫރުގެ ކުންފުންޏެއް މެދުވެރިކޮށް އެކްސްޓްރާޒެނެކާގެ ވެކްސިންގެ 7 ލައްކަ ޑޯޒް ގަންނަންވެސް ސަރުކާރުން ވަނީ އޯޑަރު ދީފައެވެ. ސަރުކާރުން ލަފާކުރަނީ މިހާރު އޯޑަރ ދީފައިވާ ވެކްސިންގެ ބޮޑުބައެއް މި މަހުގެ ފަހުކޮޅު ލިބޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން