އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު
އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު
މިސްކިތު ފަންޑަށް އެކަށީގެންވާ ވަރަށް ފައިސާ ނުލިބޭ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

ޑރ. އަޙްމަދު ޒާހިރު މިއަދު ވިދާޅުވީ، މިސްކިތު ފަންޑަށް އެކަށީގެންވާ ވަރަށް ފައިސާ ނުލިބޭ ކަމަށާއި، އެ ފަންޑަށް ފައިސާ ލިބެނީ ދާރުލްއީމާން އިމާރާތުން ލިބޭ ފައިސާއާއި ހެޔޮއެދޭ ފަރާތްތަކުން ސަދާގާތުގެ ގޮތިގައި ލިބޭ ފައިސާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، މިސްކިތު ފަންޑަށް ފައިސާ އިތުރުކުރުމުގެ ގޮތުން މިހާރު ހުޅުމާލޭގައިިވެސް ވަގުފު އިމާރާތެއް އެޅުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އަދި މިސްކިތްތަކަށް ސަރުކާރުގެ ބަޖެޓުން ދޭ ފައިސާއަށްވުރެ އިތުރަށް ބޭނުންވާ ފަައިސާ މިނިސްޓްރީގެ ތަނަވަސްކަން ހުރިވަރަކުން ދެމުންދާ ކަމަށާއި، އެގޮތުން މިސްކިތު ފަންޑުން މާލެ ސިޓީ ކައުންސިލަށްވެސް އެއް މިލިއަން ރުފިޔާ ދީފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިއްޔެ ވިދާޅުވެފައިވަނީ، މިސްކިތްތަކަށް ޚަރަދު ކުރުމަށް އިސްލާމިކް މިނިސްޓްރީއަށް ބޭނުންވާ ފައިސާ ނެތްކަމުގެ އަޑު އިވިފައިވާ ކަމަށެވެ. ނަމަވެސް މިސްކިތް ފަންޑުގައި ފައިސާ ހުންނާނެ ކަމަށާއި، މިސްކިތު ފަންޑު ވަޤުފު ބިލްޑިންގ ދާރުލްއީމާނު ކުއްޔަށް އަހަރަކު ލިބޭ އެތައް މިލިއަން ރުފިޔާއަކީ މިސްކިތްތަކުގެ ފައިސާ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން