ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނީ މޯލްޑިވްސް ނޭޝަނަލް ޕާޓީ، އެމްއެންޕީން ކަމަށް އެޕާޓީގެ މުއައްސިސް ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އެމްއެންޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދަނގެތީ ދާއިރާގެ މެންބަރުކަންވެސް ކުރަށްވާ، ނާޒިމް ވިދާޅުވީ، އެމްއެންޕީއަކީ ހުރިހާ ފިކުރެއްގެ މީހުންނަށްވެސް ހުޅުވިފައި އޮތް ޕްލެޓްފޯމެއް ކަމަށެވެ. އަދި 2023 ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނީ އެ ޕާޓީން ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ އެޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާ މިއަހަރުގެ ސެޕްޓެމްބަރ ގައި ބޭއްވުމަށް މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށެވެ. އަދި އެ ޕާޓީގެ ރިޔާސީ ޓިކެޓް ދޭނީ ޕާޓީން ބާއްވާ ޕްރައިމަރީ ކާމިޔާބު ކުރައްވާ ބޭފުޅަކަށް ކަމަށާއި ޕްރައިމަރީގައި ވާދަކުރަށްވާނެ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
އެމްއެންޕީ އަކީ ވަކި މީހެއްގެ ވަށައިގެން އެނބުރޭނެ ޕާޓީއެއް ނޫންކަމަށާއި، އެޕާޓީގެ ލީޑަރޝިޕްގައި ގިނަވެގެން ހުރެވޭނީ ދެ ދައުރަށް ކަމަށް ނާޒިމް މިއަދު ވިދާޅުވިއެވެ. ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްއެންޕީ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން މިމަހުގެ 15 ވަނަ ދުވަހު ހުއްދަ ދީފައިވަނީ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމަށެވެ.
އެމްއެންޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ފަސް މުއައްސިސުންގެ ގޮތުގައި ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ ފަސް މެންބަރުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު