ދިވެހިރާއްޖެއަށް ހަރުދަނާ ސަރުކާރެއް މުހިންމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ދިވެހިރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ވާހަކަ ދައްކަވަމުން އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވީ، ބަދަލުތައް އަވަސް، ވާދަވެރި ދުނިޔެއެއްގައި މިނިވަންކަން ދިފާއު ކުރެވޭނީ ހުރިހާ މާނައެއްގައި ދިވެހި ގައުމުން ފަގީރުކަން ނައްތާލެވިގެން ކަމަށެވެ. އެކަން ކުރެވޭނީ ހަރުދަނާ ސަރުކާރެއް ޤާއިމު ކުރެވިގެން ކަމަށް ރައީސް ޔާމީންގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަންވެސް ކުރައްވާފައިވާ މުހައްމަދު ސައީދު ވިދާޅުވިއެވެ.
ސަޢީދު އިތުރަށް ވިދާޅުވީ، ދިވެހި ވަސީލަތް ދިވެހިން އަގުކޮށް އުފައްދާ ތިޔާގިވާނޭ ފުރިހަމަ ބާރު ދިވެހިންގެ މި ދިވެހި ރާއްޖޭގައި އެބަހުރި ކަމަށެވެ.
މިނިވަންދުވަހުގެ މުނާސަބަތުގައި އިދިކޮޅު ކޯލިޝަނުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ޕީޕީއެމްގެ ރައީސް، ރައީސް ޔާމީން ސާބިތުކޮށްދެއްވަމުން ގެންދަވަނީ ޤައުމުގެ މިނިވަންކަމާއި ޤައުމީ ސިފަތައް ރައްކާތެރިކުރުމަށް ވެވަޑައިގަންނަވަންޖެހޭ ކޮންމެ ގުރުބާނީއެއްވެސް ވެވަޑައިގަންނަވާނެކަން ކަމަށެވެ.
އަދި މިނިވަންކަން ގެއްލިގެންދާ ކޮންމެ ކަމަކާއިމެދުވެސް އިދިކޮޅުން ބަސް ބުނާނެ ކަަމަށާއި ސަރުކާރަށް ނުހަނު ފާރަވެރިވާކަމަށްވެސް އިދިކޮޅުގެ ބަޔާނުގައި ވަނީ ބުނެފައެވެެ.

މިިނިވަންދުވަހުގެ ތަޙްނިޔާ! ބަދަލުތައްއަވަސް،ވާދަވެރިދުނިޔެއެއްގައި މިނިވަންކަންދިފާޢުކުރެވޭނީ ހުރިހާމާނައެއްގައި ޤައުމުން ފަޤީރުކަންނައްތާލެވިގެން. ދިވެހިވަސީލަތް ދިވެހިން އަގުކޮށްއުފައްދާ ތިޔާގިވާނޭ ފުރިހަމަބާރު ދިވެހިންގެމިރާއްޖޭގައި އެބަހުރި.ޚަރުދަނާސަރުކާރެއްމުހިއްމު! pic.twitter.com/m6FUce69LI
— Mohamed Saeed (@em_saeed) July 26, 2021
މިނިވަންދުވަހުގެ މުނާސަބަތުގައި އިދިކޮޅު ކޯލިޝަނުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ޕީޕީއެމްގެ ރައީސް، ރައީސް ޔާމީން ސާބިތުކޮށްދެއްވަމުން ގެންދަވަނީ ޤައުމުގެ މިނިވަންކަމާއި ޤައުމީ ސިފަތައް ރައްކާތެރިކުރުމަށް ވެވަޑައިގަންނަވަންޖެހޭ ކޮންމެ ގުރުބާނީއެއްވެސް ވެވަޑައިގަންނަވާނެކަން ކަމަށެވެ.
އަދި މިނިވަންކަން ގެއްލިގެންދާ ކޮންމެ ކަމަކާއިމެދުވެސް އިދިކޮޅުން ބަސް ބުނާނެ ކަަމަށާއި ސަރުކާރަށް ނުހަނު ފާރަވެރިވާކަމަށްވެސް އިދިކޮޅުގެ ބަޔާނުގައި ވަނީ ބުނެފައެވެެ.
ކިޔުންތެރިންގެ ހިޔާލު