ލޭ ހުއްދަކުރުން ކުށަކަށް ހަދަން އިތުރު ޤާނޫނެއް ބޭނުން ނުވާކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބާތުގައި ދެއްވި ޚިތާބުގައި ރައީސް ޞާލިޙްވަނީ، އިސްލާމް ދީނަކީ، ޙައްޤަކާ ނުލައި މީހުންގެ ލޭ ހުއްދަކުރާ ދީނެއްކަމުގައި ދެކި، އެވިސްނުން ފަތުރައި ޢާންމުކުރުމަށް، ދިވެހިންގެ ތެރެއިން ބަޔަކު ވަރަށް ފާޅުގައި މަސައްކަތްކުރާ ކަމަށް ވިދާޅުވެފައެވެ. އަދި އެކަމާ ދެކޮޅަށް ތެދުވަންޖެހޭ ކަމަށް ރައީސް މިއަދު ވަނީ ވިދާޅުވެފައެވެ.
ރައީސްގެ އެވާހަކަފުޅާ ގުޅިގެން ޙައިލަމް މިއަދު ވިދާޅުވީ، ވަކި ފިކުރެއް ކުރިއަރުވުމުގެ ގޮތުން ޢާންމުންގެ މެދުގައި ބިރުވެރިކަން އުފެއްދުމުގެ މަޤްޞަދުގައި، މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދޭން ހިތްވަރުދިނުމަކީ ޓެރަރިޒަމްގެ ޤާނޫނުގެ ދަށުން މިހާރުވެސް ކުށެއް ކަމަށެވެ. އެހެންކަމުން ލޭ ހުއްދަކުރުން ކުށަކަށް ހަދަން އިތުރު ޤާނޫނެއް ބޭނުން ނުވާކަމަށް ޙައިލަމް ވިދާޅުވިއެވެ.
ޙައިލަމް މިމޭރުމުން ވިދާޅުވެފައި ވީ ނަމަވެސް ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ މީގެ ކުރިން ވިދާޅުވެފައިވަނީ ޤާނޫނުތައް ހުރި ގޮތުން ޓެރަރިޒަމަށް ހިތްވަރުދޭ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ހުރަސްތަކެއް ހުރިކަމަށެވެ.
އެކަމާ ގުޅިގެން އެމްޑީޕީން ވަނީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހަރުކަށި ފިކުރުގެ މީހުން ހައްޔަރު ކުރަން ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވަން އެޕާޓީގެ ޤައުމީ މަޖިލީހުން ފާސްކޮށްފައެވެ. މީގެ ކުރިން ސަރުކާރުން މަޖިލީހަށް ހުށައެޅި ނަފްރަތުގެ ކުށްތައް ބަޔާން ކުރާ ބިލްވެސް ދީނީ ޢިލްމުވެރިންނާއި، ރައްޔިތުންގެ ނުރުހުން އަމާޒުވުމުން ވަނީ އަނބުރާ ކޮމިޓީއަށް ފޮނުވާލާފައެވެ.
އެކަމާ ގުޅިގެން ސަރުކާރުގެ މައްޗަށް ދީނީގޮތުން ހަރުކަށި މީހުންގެ ނުފޫޒް އޮތްކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ރައީސް ޞާލިޙް މިއަދު ވިދާޅުވެފައިވަނީ އިސްލާމް ދީނުގެ ނަމުގައި، އަޅުގަނޑުމެންގެ ތެރޭގައި ފަތުރަމުން އަންނަ ހަރުކަށި ފިކުރުތަކާއި ހައްދުފަހަނައެޅުމުގެ ޢަމަލުތަކަކީ، އެއްވެސް ގޮތަކުން އިސްލާމް ދީނާ ގުޅުމެއް ނެތް ބާޠިލު ކަންތައްތަކެއް ކަމަށެވެ. އަދި އެއީ އެއްވެސް ހަމައަކުން ބަލާއިރު، އިސްލާމް ދީނުގެ އަޚްލާޤީ ހަމަތަކާއި، ދީނީ އުޞޫލުތަކާ ގުޅުމެއް ހުރި ފިކުރުތަކެއް ނޫން ކަމަށާއި، އިންސާނީ ހަމަބުއްދިން ވިސްނާއިރު ވެސް، އެއީ އިންސާނީ މުޖްތަމަޢެއްގައި ފަތުރަން ހެޔޮވާ ވަރުގެ ފިކުރުތަކެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު