ސަރުކާރުގެ ޢަމަލުތައް ހުރީ ދިވެހި ޤައުމުގެ މިނިވަންކަން ގެއްލޭ ގޮތަށް ކަމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން މިއަދު ބުނެފިއެވެ.
މިއަދު ފާހަގަކުރަމުންދާ މިނިވަން ދުވަހުގެ މުނާސަބަތުގައި ނެރުނު ބަޔާނެއްގައި އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ބުނީ ސަރުކާރުގެ ޢަމަލުތައް ހުރީ ދިވެހި ޤައުމުގެ މިނިވަންކަން ގެއްލޭ ގޮތަށް ކަމަށެވެ. އަދި މިއަދު މިގައުމުން ފެންނަ އެތައް ކަމަކީ މިނިވަންކަމަށް ބުރޫ އަރައިފާނެ ކަންކަން ކަމަށާއި، އެކަންކަމަކީ ޤައުމުދެކެ ލޯބިވާ ދިވެހި ލޭހިނގާ ދިވެހި ދަރިންގެ ލޯތަކުން ކަރުނަ ހިލިގެން އަންނަ ކަންކަން ކަމަށްވެސް އިދިކޮޅުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.
ދިވެހިންނަށްވުރެ ބޮޑަށް މި ޤައުމުގައި އެހެން ޤައުމެއްގެ ރައްޔިތުންނަށް ދެވޭ އިއްޒަތާއި ޝަރަފު ބޮޑުވެ ޒަމާނުއްސުރެ ދިވެހިން ޤަބޫލުކޮށްގެން ތިބި އެތައް ކަމެއް ބަދަލުކުރަން މަޖުބޫރުވާ ހާލަތަށް ޤައުމުގެ ކަންކަން ގޮސްފައިވާ ކަމަށާއި، ރާއްޖެ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނައުމުގެ މަސައްކަތް ބަޔަކު ކުރަމުންދާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ދިވެހި ރައްޔިތުންނަށްވުރެ، މިޤައުމުގައި ދިރިއުޅޭ އެހެން ޤައުމެއްގެ ރައްޔިތުންނަށް ދެވޭ ޝަރަފާއި ޢިއްޒަތް އިތުރުވެ، ޒަމާނުއްސުރެ ދިވެހިން ޤަބޫލުކޮށް ނިންމާފައިވާ އެތައް ކަމެއް ބަދަލު ކުރުމަށް މަޖުބޫރުވާ ޙާލަތަކަށް ޤައުމު ވެއްޓިގެން ގޮސްފައިވާ ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ. އަދި ދިވެހި ރައްޔިތުންނަށްވެސް ދީނީ މިނިވަންކަން ހޯދައިދިނުމުގެ މަސައްކަތްތަކެއް ބައެއްގެ ނުފޫޒާއެކު ނަމަވެސް، ސަރުކާރުގެ ތެރެއިން ފަށްޓާފައިވާކަމުގެ އަޑުތައް ގަދަވެފައިވާކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ރައީސް ޔާމީން ސާބިތުކޮށްދެއްވަމުން ގެންދަވަނީ ޤައުމުގެ މިނިވަންކަމާއި ޤައުމީ ސިފަތައް ރައްކާތެރިކުރުމަށް ވެވަޑައިގަންނަވަންޖެހޭ ކޮންމެ ގުރުބާނީއެއްވެސް ވެވަޑައިގަންނަވާނެކަން ކަމަށާއި، ދިވެހިން އެދެނީ މިޤައުމުގެ ފަޚުރުވެރި ކާބަފައިންގެ ބުރަ މަސައްކަތުން މިޤައުމު މިއަދާއި ހަމައަށް ގެނެސްދެވިފައިވާ ޙާލަތުގައި އެއަށް އެއްވެސް އުނި އިތުރެއް ނުގެނެސް އަންނަން އޮތް ޖީލު ތަކާއި ހަމައަށް ޤައުމު ގެންގޮސްދިނުމަށް ކަމަށް އިދިކޮޅުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު