ދަރިވަރުންތަކެއް ސްކޫލްގައި
ދަރިވަރުންތަކެއް ސްކޫލްގައި
ރާއްޖޭގެ ސުކޫލްތަކުގެ މުވައްޒަފުން ވެކްސިންގެ ދެޑޯޒް ފުރިހަމަ ކުރުމަށް ތަޢުލީމީ ވުޒާރާއިން އަންގަވައިފިއެވެ.

ތަޢުލީމީ ވުޒާރާއިން ސުކޫލުތަކަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ 2021 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށޭއިރު ސްކޫލްތަކުގެ ހުރިހާ މުވައްޒަފުންވެސް ވެކްސިންގެ ޑޯޒްތައް ފުރިހަަމަ ކުރަން ޖެހޭނެ ކަމަށެވެ.

އެގޮތުން ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ މުވައްޒަފުންނާއި، ދެވަނަ ޑޯޒް ނުޖަހާ ތިބި މުވައްޒަފުންނަށް ފަސޭހަ އިންތިޒާމެއްގެ ތެރެއިން ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށާއި، ވެކްސިން ނުޖެހޭ މުވައްޒަފުން ސަބަބު ބަޔާންކޮށް އެޗްޕީއޭގެ ލިޔުމެއް އެޑިއުކޭޝަނަށް ހުށައަޅަން ވާނެ ކަމަށް އެ ސިޓީގައި ވެއެވެ.

ރާއްޖޭގައި މިވަގުތު ޖަހަމުން ގެންދަނީ އިންޑިއާގެ ކޮވިޝީލްޑް ވެކްސިނާއި، ޗައިނާގެ ސިނޯފާމް ވެކްސިނެވެ. އަދި ހާއްސަ ޙާލްތްތަކުގައި ފައިޒާ ވެކްސިން ވެސް ދަނީ ބޭނުންކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން